ކޮންމެ ދުވަހަކު ލޮނުމެދު ކެއުމުން އަރާވަރު!
ދެންމެ | 15 އޭޕްރިލް 2024

ކެއުމުގައި ލޮނުމެދު ހިމެނުމަކީ ދިފާއީ ނިޒާމު ވަރުގަދަ ކުރުމުން ފެށިގެން ހިތުގެ ސިއްހަތު ރަނގަޅުކުރުމާއި ޑިޓޮކްސިފިކޭޝަން ( ހަށިގަނޑުތެރެ ގެއްލުންވާ މާއްދާތަކުން ސާފުކޮށްލުމަށް )މަރުހަލާތަކަށް އެހީތެރިވުމާ ހަމައަށް ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ. ލޮނުމެދު ގަރުނުތަކެއް ވަންދެން ބޭނުން ކުރަމުން އަންނަނީ ހަމައެކަނި ކެއުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައި ނޫން ކަމަށާއި އޭގެ ބޭސްވެރިކަމުގެ ސަބަބުން ކަމަށް ވެސް ދިރާސާތަކުން ވަނީ އެނގިފައެވެ.

ލޮނުމެދުގައި އެލިސިން ފަދަ ކޮމްޕައުންޑްތައް ހިމެނޭއިރު، މިއީ އެންޓިބެކްޓީރިއަލް، އެންޓިވައިރަލް، އަދި އެންޓިފަންގަލް ޕްރޮޕަޓީސް އެކުލެވޭ މާއްދާތަކެކެވެ. މި ކޮމްޕައުންޑްތަކުގެ އެހީގައި ދިފާއީ ނިޒާމަށް އެހީތެރިވެދީ، އިންފެކްޝަންތަކާއި ބަލިތަކާ ދެކޮޅަށް ހަނގުރާމަކުރެއެވެ.

ލޮނުމެދުން ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދީ ލޭގެ ޕްރެޝަރު ދަށްކޮށްދީ ހިތުގެ ސިއްހަތު ރަނގަޅުކޮށްދޭކަން ވަނީ ފާހަގަކުރެވިފައެވެ. އެއީ ލޭހޮޅިތަކުގައި ޕްލެކް އުފެދުން ހުއްޓުވުމަށް އެހީތެރިވެދީ، މިކަމުގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެކެވެ.

ލޮނުމެދުގައި އެކުލެވިގެންވަނީ ފްރީ ރެޑިކަލްސްގެ ސަބަބުން އޮކްސިޑޭޓިވް ގެއްލުންތަކުން ހަށިގަނޑަށް ރައްކާތެރިވުމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓްތަކެކެވެ. މިއީ ދިގުމުއްދަތުގެ އެކިއެކި ބަލިތަކުން ރައްކާތެރިވެ، މުސްކުޅިވުމުގެ މަރުހަލާ ލަސްކޮށްދޭނެ ކަމެކެވެ.

ލޮނުމެދަކީ ހަށިގަނޑުގެ ދުޅަ ކުޑަކުރުމަށް އެހީތެރިވެދޭ އެންޓި އިންފްލެމެޓަރީ ޕްރޮޕަޓީތަކެއް އެކުލެވޭ އެއްޗެކެވެ. ދިގު މުއްދަތަކަށް ބޭސް ބޭނުންކުރަން ޖެހޭ އާތުރައިޓިސް، ހަކުރުބަލި، އަދި ވަކި ވައްތަރެއްގެ ކެންސަރު ފަދަ ގިނަ ބަލިތަކުގެ ސަބަބުން ބައެއް މީހުންގެ ހުޅުތައް ދުޅަވެއެވެ.

ހަޖަމުކުރުމަށް އެހީތެރިވެދީ، ގޭސްޓްރޯއިންޓެސްޓިނަލް މައްސަލަތަކަށް ލުއި ދިނުމަށް އިހުއްސުރެ ލޮނުމެދު ބޭނުންކޮށްފައިވެ އެވެ. އެއީ ހަޖަމުކުރުމުގެ އެންޒައިމްތައް އުފެއްދުމަށް ބާރުއެޅުމާއި، ދުޅަހެޔޮ ގޮހޮރުގެ ފްލޯރާ ކުރިއެރުވުމާއި، ފުއްޕާމޭ ގެމައްސަލަތަކާއި ހަޖަމުކުރުމުގެ އުދަނގޫތަކުގެ ނުރައްކާ ކުޑަކޮށްދޭ އެއްޗެކެވެ.

ލޮނުމެދުގައި ހިމެނެނީ ހަށިގަނޑުން ގެއްލުން ހުރި މާއްދާތައް ޑިޓޮކްސިފައި ކުރުމަށް ފުރަމޭއަށް އެހީތެރިވާ ސަލްފަރ ކޮމްޕައުންޑްތަކެކެވެ. އެއީ ވިހަ މާއްދާތަކާއި ހެވީ މެޓަލްސް ނައްތާލުމުގައި އެހީތެރިވެދީ، ޖުމްލަ ގޮތެއްގައި ޑިޓޮކްސިފިކޭޝަން އަދި ސާފުކުރުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ލޮނުމެދުގައި އެންޓި ކެންސަރު ޕްރޮޕަޓީސް ހުރެއެވެ. އެއީ ކެންސަރު ސެލްތައް ބޮޑުވުން ހުއްޓުވައި، ޚާއްސަކޮށް ހަޖަމުކުރާ ނިޒާމާއި އެހެނިހެން ގުނަވަންތަކުގައި ޓިއުމަރު އުފެދުން ހުއްޓުވާ ކޮމްޕައުންޑްތަކެކެވެ.

ލޮނުމެދަކީ ކަށީގެ ސިއްހަތަށް ކޮންމެހެން ބޭނުންވާ މެންގަނީޒް، ވިޓަމިން ބީ6، އަދި ވިޓަމިން ސީ ފަދަ ނިއުޓްރިއެންޓްސް އެކުލެވޭ އެއްޗެކެވެ. ގަވާއިދުން ލޮނުމެދު ބޭނުންކުރުމަކީ ކަށިތަކަށްވާ ގެއްލުން ހުއްޓުވައި، އޮސްޓިއޯޕޮރޮސިސް ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ.

ލޮނުމެދުގެ ސަބަބުން ލޭގައި އެކުލެވޭ ހަކުރުގެ މިންވަރަށް ފައިދާހުރި އަސަރުތަކެއް ކުރާކަން ފާހަގަކުރެވިފައިވާއިރު، ހަކުރުބަލި ނުވަތަ އިންސިއުލިން ރެސިސްޓެންސް ހުންނަ މީހުންނަށް އެއީ ފައިދާހުރިއެއްޗެކެވެ. އެއީ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ.

ލޮނުމެދުގައި މީޔުކޮލައިޓިކް ޕްރޮޕަޓީސް އެކުލެވިގެންވެއެވެ. މާނައަކީ ރޯގާ ޖެހުމުން ނޭފަތުގައި އުފެދޭ އަރިދަފުސް އުފެދުން މަދުކޮށްދެއެވެ. އެހެންކަމުން ހުން އައުމާއި، ރޯގާއާއި، ނޭވާލާ ނިޒާމުގެ އިންފެކްޝަންތަކުގެ އަލާމާތްތައް ލުއިކޮށްދިނުމަށް ލޮނުމެދު އެހީތެރިވެދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!