ހަށިވިއްކި ޓެކްސީ ހައްޔަރު ކޮށްފި
ދެންމެ | 16 އޭޕްރިލް 2024

ހަށިވިއްކުމާއި އެހެނިހެން ކުށްތަކަށް އަރައިގަތުމަށް ތައްޔާރުކޮށްފައިވާ ޓެލެގްރާމް ޗެނަލެއްގައި ހަށިވިއްކުމަށް ޚާއްސަކޮށް ގެންގުޅުނު ޓެކްސީއެއްގެ ޑްރައިވަރު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާއަށް އޭރު 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހުމަށް ފަހު، އެ މުއްދަތު ހަމަވުމުން ބަންދު އިތުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ މަހުގެ 17ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ހަށިވިއްކުމާއި ޑުރަގުގެ މުއާމަލާތްތަކަށް ބޭނުންކުރާ ޗެނަލްތަކެއް ފާހަގަވެފައިވާ ކަމަށާއި އެ ޗެނަލްތަކުން 7،000އަށް ވުރެ ގިނަ ފޮލޯވަރުން ތިބި ކަމަށް ބުނެފައެވެ.

އެޕްރީލް މަހުން ފެށިގެން ހިންގަމުން އައި ޓެލެގްރާމް ޗެނަލްތަކެއް އަތުލައިގަނެ ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ ޓެލެގްރާމް މެދުވެރިކޮށް ހަށިވިއްކުމަށް ގެންގުޅުނު ޚާއްސަ ޓެކްސީގައި އެ ވިޔަފާރިއަށް މީހުން ތަންތަނަށް ދަތުރު ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!