މިނިވަން ފަޑިޔާރުގޭގެ ކުލަ ރައީސް މިއަދު ޖައްސަވައިފި: އެޑްވައިޒަރ މުހްތާޒް
ދެންމެ | 18 އޭޕްރިލް 2024

މިނިވަން ފަޑިޔާރު ގެއަކަށް ރައްޔިތުން ކުރަމުން އަންނަ އުންމީދުގައި ރައީސް ޑރ. މުއިއްޒު މިއަދު ކުލަ ޖައްސަވާފައިވާ ކަމަށް ރައީސްގެ ލީގަލް އެޑްވައިޒަރ މުހްތާޒު މުހްސިނު ވިދާޅުވެއްޖެ އެވެ.

މުހްތާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ވައުދުވެ ވަޑައިގެންނެވި ގޮތަށް މިނިވަން ސަރުއީ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށެވެ.

“ވެރިކަމާއި ހަވާލުވެވަޑައިގަތް ދުވަހު ރައީސް ޑރ.‎@MMuizzu ވަނީ މިނިވަން ޝަރުއީ ނިޒާމެއްގެ އުންމީދު ރައްޔިތުންނަށް ދެއްވާފަ. އެމަނިކުފާނުގެ އެއަޒުމެއް ބަދަލެއްނުވޭ. ޝަރުއީ ނިޒާމަކީ މިހާރު ވެރިކަމުގެ ބާރުގެ ނުފޫޒުގައި އޮތްތަނެއްނޫން. އެކުލަވަރު ރައްޔިތުންނަށް މިހާރު އެބަފެނޭ.“

މުހްތާޒު މިފަދަ ގޮތަކަށް ޓުވީޓް ކުރައްވާފައި މިވަނީ ކުރީގެ ރައީސް ޔާމީންގެ އިއްވާފައިވާ ޖަލް ހުކުމް ހައިކޯޓުން މިއަދު ބާތިލް ކޮށްފައި ވަނި ކޮށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!