އިސްތަށީގައި ގޮށް ޖެހުން!
ދެންމެ | 21 އޭޕްރިލް 2024

އިސްތަށިގަނޑަކީ ކޮންމެ މީހެއްވެސް ވަރަށް ލޯބިން ގެންގުޅޭ އެއްޗެކެވެ.

ބާރުކޮށް އިސްތަށިގަޑު އެއްސުން ނޫނީ ހުޅި ޖެހުން މިއީ ހާއްސަކޮށް ވަޒީފާއަށް ދާ އިރު ސާފުތާހިރު، ”ޕްރޮފެޝަނަލް“ ގޮތްގަނޑު ދެއްކުމުގެ ގޮތުން ވަރަށް ގިނަ އަންހެނުން އިޚުތިޔާރު ކުރާ ހެއާސަޓައިލެކެވެ. އަދި ވަކިން ހާއްސަކޮށް ބުރުގާ އަޅާ އަންހެނުން ބޮލުގައި ވާންކޮށް ހުޅި ޖަހައެވެ.

ނަމަވެސް އަންހެނުން ވިޔަސް ފިރިހެނުން ވިޔަސް ބާރުކޮށް އިސްތަށިގަޑު އެއްސުން ނުވަތަ ހުޅިޖެހުން މިއީ އިސްތަށި ފޭބުމަށް މެދުވެރިވެގެން ހިނގައިދާނެ ކަމެކެވެ.

މާ ވާންކޮށް ބާރުކޮށް ހުޅިޖަހައި ބޯ ދެމުމަކީ އިސްތަށިގަނޑު ހަލާކުވާނެ ކަމެކެވެ. ބުރުގާ އަޅާއިރު އުނދަގޫ ު ވަރަށް ދޫކޮށް ބޯ އައްސާފައި ބަހައްޓާށެވެ. އިސްތަށިގަނޑުގެ ބްރޭކޭޖް މިންވަރު ދަށްކުރެވޭނީ އޭރުންނެވެ.

އެހެން ކަމުން އެހާ ގިނަ އިރު އެހާ ބާރުކޮށް އިސްތަށިގަނޑު އައްސައިގެން ނުވަތަ ހުޅި ޖަހައިގެން ނޫޅޭށެވެ. އިސްތަށިގަނޑު ނުވަތަ ހުޅި ތަންކޮޅެއް ދޫކޮށްލާށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!