ބޮއްސުންލާފައިވާ ބިދޭސީންގެ މައްސަލަ ހައްލު ކުރާނަން: މިނިސްޓަރ އިހްސާން
ދެންމެ | 29 އޭޕްރިލް 2024

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރގައި ހައްލުކުރައްވާނެ ކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެެއެވެ.

ވަޒީރުންނާއި ސުވާލުކުރުމަށް ކުރިޔަށް ގެންދާ ”އަހާ“ ފޯރަމްގައި އާއްމު ރައްޔިތަކު ކުރު ސުވާލަކަށް ޖަވާބުދެއްވަުން ވަޒީރު އަލީ އިހްސާން ވިދާޅުވީ ރާއްޖޭގައި އުޅެނީ ކިހާ ބިދޭސީންނެއްކަމެއް ކޮން ބައެއް ކަމެއް އަދި ކިހާ ބައެއް ކަން ކަނޑައެޅިގެން މިހާތަނަށް އަދި ހޯދިފައިނުވާކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ފުރަތަމަ ކުރާ މަސައްކަތަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާބްތައް ނެގުންކަމަށެވެ. އަދި މި މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ހިންމަފުށީގައި ފަށާ އެއް އަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާނެކަމަށްވެސް ވަޒީރު އިހްސާން ވިދާޅުވިއެވެ.

“ ހާއްސަކޮށް އަންސްކިލްޑް ލޭބަރ މިކިޔާ ކެޓަރީގައި ތިބި ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނަގާފައި އެމީހުންގެ ފޮޓޯއެއް ނަގާފައި އަޅުގަނޑުމެންގެ އަތުގައި ހުރި ވޯކް ޕާމިޓް ރިކޯޑްތަކާއި އެމީހުންނާއި ދިމާކުރަނީ. މީގެތެރެއިން ބައެއް މީހުންނަކީ މީގެ ރެކޯޑްތަކުގައިވެސް ނެތް މީހުން. އެހެންވީމަ މިމީހުން މި ރެކޯޑްތެރެއަށް ނަގާފައި، މިވަގުތު ގަވައިދާ ހިލާފުވެފައި ތިބީ ކޮންބައެއްތޯ އޭނަ ހުރީ ކޮންތާކުތޯ، ކާކުގެ ބެލުމުގެ ދަށުގައިތޯ، ނުވަތަ އެއްވެސް މީހެއްގެ ބެލުމުގައި ދަށުގައި ނޫންތޯ، އެމީހުން ސިސްޓަމްގެ ތެރެއަށް ވައްދަން މި ފަށަނީ.“ ދާހިލީ ވަޒީރު އިހްސާން ވިދާޅުވިއެވެ.

ބިދޭސީން ގަވައިދަށް ފެއްތުމަށް މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ފަށާއިރު އެ މަސައްކަތް އެއްފަހަރާ ރާއްޖޭގެ ހުރިހާ ރަށެއްގައި މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެކަމަށާއި އެ މަސައްކަތް ކުރިޔަށް ގެންދާނީ ފުލުހުންނާއި ކައުންސިލްތަކާއި ގުޅިގެންކަމަށް އިހްސާން ވިދާޅުވިއެވެ.

މިނިސްޓަރ އިހްސާން މިނިސްޓަރު ކަމާއި ހަވާލެ މިވީ ކުޑަ ދުވަސް ކޮޅުގައި ވެސް ބިދޭސީންގެ މައްސަލައަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފަ އެވެ.

ރައީސް މުއިއްޒު ވެރިިކަމާއި ހަވާލުވި ފަހުން ވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ވެސް ފަށާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!