ރައީސް ޑރ. މުއިއްޒު އެންގުމަށް ފެނަކަ ބިލްތަކުން ވެސް ޑިސްކައުންޓް ދީފި
ދެންމެ | 05 މެއި 2024

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު⁦ގެ ވައުދުފުޅާ އެއްގޮތަށް މިދިޔަ އޭޕްރީލް މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމައި އައު ބިލްތައް ފޮނުވުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ

ފެނަކައިން އެކްސްގައި ކުރި ޕޯސއޓެއްގައި ބުނީ، ރައީސް މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނެހެން ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާތުކޮށްފައިވާ އޭޕްރީލް މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމާ، އައު ބިލަތައް ފޮނުވުމުގެ މަސައްކަތް ފެނަކައިން މިއަދު ފަށާފައިވާ ކަމަށެވެ.

ފެނަކައިން ބުނެފައިވާ ގޮތުން، ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދައްކަވާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެއެވެ.

މިއާއެކު ފެނަކައިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނާނީ ސަރުކާރުގެ ވިސްނުމާ އެެއްގޮތަށް، ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ވީހާވެސް ލުއި ގޮތްތައް ހޯދައި ދިނުމަށް ކަމަށެވެ.

.ރޯދަމަހުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށް، ރޯދަމަހު ލިބުނު ބިލުން ޑިސްކައުންޓް ދިނުމަށްފަހު ރޯދަމަހު ބޭނުން ކުރި ކަރަންޓްގެ ބިލު ބޮޑު ކަމުގެ ޝަކުވާ ރައްޔިތުން ކުރުމަާއި ގުޅިގެން އެ ބިލުންވެސް ޑިސްކައުންޓް ދޭން ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!