ބްރިޖް މަތީ ބުރިސިޔަރެއް އަޅައިގެން އުޅުނު މީހަކު ހައްޔަރު ކޮށްފި
ދެންމެ | 22 މެއި 2024

ބްރިޖް މަތީ ހަމަ އެކަނި ބުރިސިޔަރެއް އަޅައިގެން އުޅުނު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިމީހާ ހައްޔަރުކޮށްފައި ވަނީ އާއްމް އިޖްތިމާއީ މިންގަނޑާއި ހިލާފަށް ހެދުން އަޅައިގެން އާއްމް ތަނެއްގައި ހަރަކާތްތެރި ވަމުންދިއުމުން ކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 12:10 ހާއިރު ހައްޔަރު ކުރީ ބިދޭސީ އަންހެނެއް ކަމަށެވެ.

ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހައްޔަރު ކުރި މެދު އުމުރުގެ އެ ބިދޭސީ މީހާ ހުރީ ހަށިގަނޑުގެ ބޮޑުބައެއް ފެންނާނެހެން ހެދުން އަޅައިގެންނެވެ.

ރާއްޖޭގެ ގާނޫނުގައި މިފަދަ ނިވާކަން ކުޑަ ގޮތްގޮތަށް ހެދުން އަޅައިގެން އާއްމްތަންތާގައި އުޅުމަކީ މަނާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!