ކާށި ބަސްތާއެއް ވަގަށް ނެގި ދިވެހި ފިރިހެނަކު އަތުލައިގެންފި
ދެންމެ | 27 މެއި 2024

ކާށި ބަސްތާއެއް ވަގަށް ނެގި މީހަކު 15 ދުވަހަށް ބަންދުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި ކޯޓު އަމުރެއްގައިވާ ގޮތުން މި ކަމެއް ހިނގީ މިއަދު އެވެ.

އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އެއީ 43 އަހަރުގެ ދިވެހި ފިިރިހެނެކެވެ. އަދި އެނާގެ މައްޗަށް ކޮށްފައިވަނީ، ވައްކަންކުރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނީ، ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ މ.ފޫސިޔާ ގޭގެ ގްރައުންޑް ފްލޯގައި ވައްކަންކުރަން އުޅުން މީހަކު ހިފަހައްޓާފައިވާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެގެއަށް ގޮސް ކަމަށެވެ.

އެގެއިން ފުލުހުންނާއި ދިމާވި މީހާ ހިއްސާކުރި މައުލޫމާތަށް ބަަލައި ފުލުހުން ކޯޓުގައި ބުނީ، އެގޭގައި ހުރި ކާށި ބަސްތާތަކެއްގެ ތެރެއިން ދެ ބަސްތާ ކާށި ކޮނޑަށް ލައިގެން ދެމީހަކު ދާން އުޅެނިކޮށް ސީސީޓީވީ ފޫޓޭޖުން ފެނުން ކަމަށެވެ.

އަދި ފެނުމުން އެކަކު ކާށި ބަސްތާ ބަހައްޓާފައި ފިލީ ކަމަށާއި، ދެވަނަ މީހާ އެތާ ހުރުމުން ސީނަށް ދިޔަ ފުލުހުން އޭނާ ހިފަހައްޓާފައިވާ ކަމަށް ފުލުހުންގެ ހާދިސާ ރިޕޯޓްގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!