މަޖިލީހުގައި އަންހެނުންގެ އަޑު މަޑުވިޔަކަ ނުދޭނަން: ސައުދާ
ދެންމެ | 28 މެއި 2024

މިއަދު ކުރިއަށްދިޔަ މަޖިލިސް މެމްބަރުންގެ ހުވާ ކުރުމުގެ ޖަލްސާއަށް ފަހު މީޑީއާތަކަށް ދެއްވި އިންޓަވިއުގައި ސައުދާ ވިދާޅުވީ، މިފަހަރު ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެން 3 އަންހެން މެމްބަރުންވެސް ތިއްބެވީ މި މަޖިލީހަކީ ނަމޫނާ މަޖިލީހެއް ކަމުގައި ހެދުމަށް މަސައްކަތް ކުރެއްވުމުގެ އަޒުމުގައި ކަމަށެވެ.

”3 މެންބަރުން ތިބި ކަމުގައިވިއަސް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ އަޑު ވަކި މަޑެއް ނުވާނޭ،“

ސައުދާ ވިދާޅުވިއެވެ.

ސައުދާ މިފަދައިން ވިދާޅުވިއިރު، މި ފަހަރުގެ ރައްޔިތުން މަޖިލީހަށް އިންތިހާބުވެވަޑައިގެން ތިން އަންހެން މެމްބަރުންނަކީ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ގެ އިތުރުން ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމެވެ.

އޭގެ ތެރެއިން ސައުދާ އާއި އަސްމާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އިރު، އަމިއްލަގޮތުން ވާދަ ކުރެއްވި ޑރ.އަނާރާ ވަނީ ފަހުން ޕީއެންސީ އާއި ގުޅިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!