ކަރަންޓް ބިލް ބޮޑުވި ނަމަވެސް ޔޫރޯ މެއިން ސްޕޮންސަރަކީ ސްޓެލްކޯ
ދެންމެ | 13 ޖޫން 2024

ސަރުކާރުގެ ކަރަންޓް ކުންފުނި ސްޓެލްކޯ އަކީ ”ޔޫރޯ 2024“ ފުޓުބޯޅަ މުބާރާތުގެ ކަވަރޭޖުގެ މެއިން ސްޕޮންސާރ ކަން ހާމަވެއްޖެއެވެ.

މައުލޫމާތު ލިބުނުގޮތުގައި ސްޓެލްކޯ ވަނީ މި މަހުގެ 14 ވަނަ ދުވަހު ފެށޭ ޔޫރޯ ފުޓްބޯޅައިގެ ކަވަރޭޖްގެ މެއިން ސްޕޮންސާރ އަކަށް ވެފައެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމް އިން ޔޫރޯ ޕެކޭޖުތައް ވިއްކުމުން މެއިން ސްޕޮންސާ، ސްޓެލްކޯ އިން ވަނީ 925،200ރ. (ނުވަ ލައްކަ ފަންސަވީސް ހާސް ދުއި ސައްތަ) ރުފިޔާއަށް ގަނެފައެވެ.

އެ ކުންފުނިން މިހާ ބޮޑު އަގެއްގައި ސްޕޮންސާރ ގަނެފައިވަނީ ނިމިދިޔަ މަހުގެ ކަރަންޓް ބިލް ތަކުން ވައްކަން ކޮށްގެން ކަމަށް ވެސް ގިނަ ފަރާތްތަކުން ބުނެއެވެ.

ނިމދިޔަ މަހު ސްޓެލްކޯ އިން ވަނީ ގޭބީސީތަކުގެ ކަރަންޓް ބިލުން ވައްކަންކޮށްފައެވެ.

އެގޮތުން ކަރަންޓް ބިލް ބޮޑުވުމުން އާންމުން ވަނީ އިހުތިޖާޖް ވެސް ކޮށްފައެވެ. އާންމުން އިހުތިޖާޖަށް ނިކުތުމުން ސްޓެލްކޯ އިން ވަނީ ކަރަންޓް ބިލް ބޮޑުވީ އާންމުން ކަރަންޓް ބޭނުން ކުރި މިންވަރު އިތުރުވުމުން ކަމަށް ބުނެފައެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި މީހުން ދިރިނުއުޅޭ ގޭތަކުގައި ވެސް ކަރަންޓް ބިލް ވަނީ ސްޓެލްކޯ އިން ބޮޑު ކޮށްފައެވެ.

އެހެންކަމުން ސްޓެލްކޯ ކަރަންޓް ބިލުން ވައްކަން ކޮށްފައިވާކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!