‏އެއްޖިންސުން ގުޅުން ހިންގަން ބަރަހަނާކޮށް ތިބި ވީޑިޔޯ އަކީ އެޑިޓެއް: ސިފާ
ދެންމެ | 07 ޖޫން 2022

ޓިކްޓޮކުން ދިވެހިންގެ މަގުބޫލުކަމެއް ހޯދި މަރިޔަމް ޝިފާ އެއްޖިންސުން ގުޅުން ހިންގަން ބަރަހަނާ ކޮށް ތިބި އާއްމް ވެފައިވާ ވީޑިޔޯ އަކީ އެޑިޓެއް ކަމަށް ސިފާ ބުނެފި އެވެ.

އޭނާ ފޭސްބުކު ޕޭޖްގައި އާއްމްކޮށްފައިވާ ކުރު ބަޔާންގައި ބުނެފައި ވަނީ  ބުނެފައި ވަނީ އެ ވީޑިޔޯ އަކީ ފިލްމީ ދާއިރާގެ ބަޔަކު ދުރާލާ ރާވައިގެން އޭނާގެ އަގު ވައްޓާލާ އަބުރު ވެއްޔާއި މޮޑޮލަން ބަޔަކު ހިންގާފައިވާ ހަނޑިމުޑުދާރު ޕްރޮޕެގެންޑާއެއް ކަމަށެވެ.

މިކަމުގެ މައިގަނޑު ސަބަބަކީ އޭނާއަށް ލިބެމުންދާ މަސްހޫރުކަން ކަމަށާއި ފިލްމީ ދާއިރާގައި އެންމެ ޑިމާންޑް ބޮޑު ތަރިންގެ ތެރޭގައި އޭނާ ހިމެނޭތީ އާއި އަދި ބެލުންތެރިންގެ ލޯބި ކުޑަ ދުވަސް ކޮޅެއް ތެރޭގައި ހޯދައި ސްޕަރސްޓަރއަކަށް ވެފައިވާތީ ކަމަށެވެ.

ސިފާގެ މިބަޔާންގައި މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި އަބުރު ދައުވާ ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މި ވީޑިޔޯގެ މައްސަލާގައި ވަރަށް ގިނަ މީހުން ދަނީ އޭނާއަށް ސޯސިއަލް މީޑިޔާގައި ނުރުހުން ފާޅު

ގުޅުންހުރި ލިޔުންތައް