ފޭކް ވީޑިޔޯ އާއްމް ކުރީ ސިޔާސީ ފިކުރު ބަދަލު ވުމުން: ސިފާ
ދެންމެ | 07 ޖޫން 2022

ފޭކު ވީޑިއޯއެއް އާންމުކޮށްގެން އަގު ވައްޓާލަން ބަޔަކު މަސައްކަތް ކުރަމުން އަންނަނީ ސިޔާސީ ފިކުރު ބަދަލުވުމުން ކަމަށް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ ލީކުވެފައިވާ ޓިކްޓޮކްތަރި މަރިޔަމް ޝިފާ ބުނެފި އެވެ.

ޝިފާ އާއި އެހެން އަންހެނަކު ބަރަހަނާ ހާލުގައި ތިބެ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެެންނަ ވީޑިއޯ އެއް މީސް މީޑިއާގައި ދައުރުވަމުން އަންނަ އިރު، މި ވީޑިއޯގެ މައްސަލަ އާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ މައްސަލަ ބެލުމަށާއި، ޝިފާއަށް ފިޔަވަޅު އަޅަން ޖެހޭކަމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަމުންނެވެ.

ޝިފާގެ ބަދުއަހުލާގީ އަމަލު ހިންގަމުން އަންނަ ވީޑިއޯ ދައުރުވާން ފެށުމާއި އެކު އޭނާ ނިސްބަތްވާ ޕާޓީ އެމްއެންޕީ އިން އަންނަަނީ އެ މައްސަލަ އެޕާޓީގެެ ސުލޫކީ ކޮމެޓީން ބަލަން ފަށާފައިވާކަން ހާމަކޮށްފައެވެ.

މިކަމާއި ގުޅިގެން ޝިފާ ބުނެފައި ވަނީ އެ ވީޑިއޯއަކީ ހަގީގަތެއް ނެތް ”ފޭކު“ ވީޑިއޯއެއް ކަމަށާއި، މިއީ އޭނާގެ ސިޔާސީ ފިކުރު ބަދަލުވުމާއި ގުޅިގެން ބަޔަކު އޭނާއާ ”ޒާތީވެގެން“ ކޮށްފަައިވާ ކަަމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!