ޕީއެންސީގެ 80 މެންބަރުން މަޖިލީހުގައި ތިބީ އެމްޑީޕީގެ މަސައްކަތުން: ބަގުރޫޓް ފައްޔާޒް
ދެންމެ | 06 ޖުލައި 2024

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިސްޓަރ ބަގުރޫޓޭ ވިދާޅުވީ ޕީއެންސީގެ މެންބަރުންނަށް އެ މަގާމަށް އާދެވޭނެ ކަމުގެ ހުވަފެން ދެކެވުނީސް އެމްޑީޕީގެ އިސްލާހީ މަސައްކަތުގެ ސަބަބުން ކަމަށާއި އެހެންނޫނީ އެ މެންބަރުންނަށް އެ މަގާމަށް އާދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

“އެހެންނޫންނަމަ އަޅުގަނޑު ގަބޫލުނުކުރަން އެކަހަލަ އާންމު ރައްޔިތުންނަށް ރާއްޖޭގައި އެފަދަ ފުރުސަތެއް އޮތީސް ކަމަކަށް” ބަގުރޫޓް ފައްޔާޒު ވިދާޅުވި އެވެ.

ބަގުރޫޓް ފައްޔާޒު ވިދާޅުވީ އާ ގާނޫނުއަސާސީއާއެކު އަނިޔާވެރިކަން ރާއްޖޭގައި ދެން އިއާދަނުވާނެ ކަމަށް އުއްމީދު ކުރެވުނު ކަމަށެވެ. ނަމަވެސް އިސްލާހީ މަސައްކަތަކީ ނިމޭނެ މަސައްކަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެކަން އެގޮތަށް ގަބޫލުކުރަން ފެށީ 2013 އިން 2018 ވަނަ އަހަރަށް އޮތް ވެރިކަމުގެ ސަބަބުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ އިސްލާހީ މަސައްކަތުގެ ސަބަބުން ލިބިފައިވާ ހައްގުތައް އިސާހިތަކު ބީވެގެން ވެސް ހިނގައިދާނެ ކަމަށާއި އެހެންކަމުން ރައްޔިތުން ހުށިޔާރުވެ ތިބުން މުހިންމު ކަމަށް ބަގުރޫޓް ފައްޔާޒު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!