ރަޖިސްޓްރީ ނުކުރާ ކާރުތަކުން މާލެ އާއި ހުޅުމާލޭ މަގުތައް ފުރާލައިފި
ދެންމެ | 26 ޖުލައި 2024

މާލޭ އާ ހުޅުމާލޭ އެއްކޮށް ، ރަޖިސްޓްރީ ނުކުރާ 1000 ވުރެ ގިނަ އުޅަނދު ހުރިކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ގެނެސްދިން ރިޕޯޓްގައި އެކަން ހާމަކުރީ އިއްޔެ ބޭއްވި ”މާލޭ ފެހި“ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިޔާތުގަ އެވެ.

މާލޭ ފެހި ޕްރޮގްރާމަކީ ގްރޭޓާ މާލޭ ސަރަހައްދުގައި މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަ ވުމުގެ ސަބަބުން، ތޮއްޖެއްހުމުގެ މައްސަލައަށް ހައްލެއް ގެނެއުމުގެ މަގްސަދުގައި ރައީސް މުއިއްޒުގެ ސަރުކާރުން ފަށާފައިވާ ޕްރޮގްރާމެކެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ވެހިކަލްތައް ހުރި އަދަދު ދެނެގަތުމަށްޓަކައި މިހާތަނަށް އެތައް ސާވެ ހަދާފައިވާއިރު، މާލެ އާއި ހުޅުމާލޭ ހިމެނޭހެން ޖުމްލަ ރަޖިސްޓަރީ ނުކުރާ 1،100 އަށް ވުރެ ގިނަ ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާކުކޮށް މަގުމަތީގައި ބަހައްޓާފައި ހުންނަކަން އެ ރިޕޯޓްގައި ފާހަގަކުރެ އެވެ.

ގްރޭޓާ މާލޭ ސަރަހައްދުގައި 118،000 ވުރެ ގިނަ އުނޅަދު ރަޖިސްޓްރީކޮށްފައި ވާއިރު، ހަމަ އަގުގައި ވިއްކާލުމުގެ ފުރުސަތެއް ނެތުމުގެ ސަބަބުން، އުޅަނދުތައް ބޭނުން ނުކުރިނަމަވެސް އެތަކެތި މަގުމަތީގައު ބަހައްޓާ ގިނަ ދުވަހަށް ގެންގުޅޭކަން ފާހަގަކުރެވޭކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އެފަރާތަކަށް ޕާކުކުރަން ހާއްސަ ސަރަހައްދެއް ކަނޑައަޅަން ހަމޖެހިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ވިޔަފާރި އުސޫލުން އެފަރާތްތަކަށް ޖޫރި މަނާ ދޫކުރުމަށް ނިންމާފައިވާކަމަށްވެސް އެ ރިޕޯޓުގައި ބުނެ އެވެ.

”ފަސޭހައިން އެފަދަ އުޅަދުތައް ވިއްކާލުމައް ފުރުސަތެއްހެ ގޮތުން އެކަށެއެޅޭނެ ފަންޑެއް އެކުލަވާލާ ، އިވަލުއޭޝަން ހެދުމަށް ވެރިފަރާތުގެ އަތުން އުޅަނދުތައް ގަނެ ރީސައިކަލް ކޮށް، ރީ އެކްސްޕޯޓް ކުރެވޭނެ ނިޒާމް ގާއިމް ކުރެވޭނެ“ ޓްރާސްޕޯޓް މިނިސްޓްރީން ބުނެ އެވެ

ރައީސް ޑރ. މުއިއްޒު ނިންމަވާފައި ވަނީ މާލެ ފެހި ޕްރޮގްރާމް އާ ގުޅޭގޮތުން ޓައިމް ލައިންތައް ހިމެނޭހެން، ކަމާ ބެހޭ އިދާރާތަކުގެ ޕްލޭނެއް އެކުލަވާލާގެން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށެވެ.

ޕްރޮގްރާމްގެ މަގްސަދަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ސަރަހައްދުގެ މަގުތަކަކީ ހިނގާ ބިނގާ އުޅުމަށާއި އެއްގަމުގައި ދުއްވާ އުޅަދުފަހަރަށް ފަހި އަދި އަމާން ތަނަކަށް ބަދަލުކުރުން ކަމަށް ޓްރާންސްޕޯޓް މިނިސްތްރީގެ އެ ރިޕޯޓުގައި ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!