އެމްޑީޕީ ދިދަ ދަނޑިތައް ޖެހީ ފެނަކަ، އާރުޑީސީ އަދި އެމްޓީސީސީ މުވައްޒަފުން ކަން ހާމަ ވެއްޖެ
ދެންމެ | 20 މެއި 2023

ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީ ދިދަ ނެގުމަށް އިއްޔެ ބޭއްވި ހަރަކާތުގައި ގިނަ ރަށްރަށުގައި ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ ފެނަކަ އާއި އާރުޑީސީ އަދި އެމްޓީސީސީގެ މުވައްޒަފުންނަށް މަޖްބޫރުކޮށްގެން ކަން ހާމަ ވެއްޖެ އެވެ.

ސޯސިއަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ރަށްރަށުގައި މި މަސައްކަތް ކުރުވާފައި ވަނީ މުވައްޒަފުންގެ ޑިއުޓީ ގަޑީގައި ކުންފުނިތަކުގެ ޔުނިފޯމްގައި ނެރެގެންނެވެ.

މާލޭން ދެކުނު ރަށެއްގެ އެމްޓީސީސީ ސައިޓް ސްޕަރވައިޒަރ ވިދާޅުވީ ދިދަ ދަޑީގެ މަސައްކަތް ކުރުމަށް އޭނާއަށް ގުޅާފައި ބުނީ ދާއިރާގެ ރައީސް ކަމަށާއި އޭގެ އެތައް އިރެއް ފަހުން މާލޭ އޮފީހުން ވެސް ގުޅާފައި ދާއިރާ ރައީސް އެދޭ ކަމެއް ކުރުމަށް އަންގާފައިވާ ކަމަށެވެ.

އެހެން ރަށެއްގެ ފެނަކާގައި ވަޒީފާ އަދާ ކުރާ އެމްޑީޕީގެ މެމްބަރަކު ބުނީ ދިދަ ނެގުމަށް އެތަނަށް ދާން ކުންފުނިން އަންގާފައިވާ ކަމަށާއި އެރަށުގައި ދިދަނަގަން ތިބީ ފެނަކަ މުވައްޒަފުން ކަމަށެވެ.

“ މަށަކަށް ނޭނގެ އެހެން ރަށެއް މިރަށުގައި ތި ދިދައެއް ނެނގީ މާލޭ އޮފީހުން އަންގައިގެން ފެނަކަ މުވައްޒަފުން. އެމްޑީޕީ މީހުންނެއް ނެތް އެތާކު.“ އޭނާ ކިޔައިދިނެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތްތައް އިންތިހާއަށް ބޭނުން ކުރަމުންދާ ކަމުގެ ސަކުވާ ވަނީ ބޮޑުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!