މަނި ގިނަ ކުރާ ބައެއް ކާނާ.
ދެންމެ | 16 ޖޫން 2022

ދަރިން ނުލިބުމުގެ މަައްސަލައަކީ ފަހަކަށް އައިސް އާންމު މައްސަލަ އެކެެވެ. މިއީ އާއްމުކޮށް ސިއްހީ ފަރުވާ ބޭނުންވާ މައްސަލައެއް ނަމަވެސް ގޭގައި ކުރެވޭ ބައެއް ކަންކަމުން މިކަމަށް މަގުފަހިވެ އެވެ. އެގޮތުން މި ލިއުމުގައި މި ބަލާލަނީ ފިރިހެނުންގެ ދަރިފަނި އިތުރުކުރުމަށް ކެއުމުގައި ހިމެނިދާނެ ބައެއް ކެއުން ތަކަށެވެ.

 

ބިސް

ބިހުގައި ވިޓަމިން އީ އަދި ޕްރޮޓީން ގިނަ އަދަދަކަށް ހިމެނެއެވެ. އެގޮތުން ދަރިފަނި މަދުވުމަށް ދިމާވަ މައްސަލަތައް ހައްލު ކުރުމަށް ކެއުމުގައި ބިސް ހިމަނާށެވެ.

 

ދޮންކެޔޮ

ދޮންކޭލަކީ ވިޓަމިން އޭ، ސީ އަދި ބީ1 އިން މުއްސަނދި ވެފައިވާ މޭވާ އެކެެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި ދޮންކެޔޮ ހިމަނާނަމަ ދުޅަހެޔޮ ދަރިފަނި އުފެދުމަށް މަގުފަހިވެއެވެ.

 

އަންނާރު

އަންނާރަކީވެސް ދަރިފަނީގެ ދުޅަހެޔޮކަން އިތުރުކޮށްދީ ދަރިފަނި އިތުރުވުމަށް ދިމާވާ ހުރަސްތައް ނައްތާލަދޭ އެއްޗެކެވެ. އެގޮތުން އަންނާރު ޖޫހަކީ ފާޓިލިތީ އިތުރަށް ވަރުގަދަ ކޮށްދިނުމަށް ރަނގަޅު އެއްޗެކެވެ.

 

ވޯލްނަޓް

އެހެން ނަޓްތަކަށް ވުރެ އިތުރަށް ވޯލްނަޓްގައި އެންޓިއޮކްސިޑެންޓް ގިނަ އަދަދަކަށް ހިމެނެއެވެ. މީގެ އިތުރުން އޮމެގާ 3 ފެޓީ އެސިޑް ވެސް ވޯލްނަޓްގައި ހިމެނެ އެވެ. މީގެ ސަބަބުން ޓެސްޓިކަލްސް އަށް ލޭ ދައުރުކޮށްދޭ މިންވަރު އިތުކޮށްދީ ދަރިފަނި އުފެދޭ މިންވަރު އިތުރުކޮށް ދެއެވެ.

މި ތަކެތީގެ އިތުރުން ސްޕިނިޗް، ޑާރކް ޗޮކްލެޓް އަދި ލޮނުމެދަކީ ދަރިފަނި އިތުރުކުރުމަށް ކެއުމުގައި ހިމެނިދާނެ ކާނާ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!