ދަރުބާރުގެ ދޫކުރާނީ ސަރުކާރުގެ ހިދުމަތްތްކަށް އެކަނި
ދެންމެ | 17 ޖޫން 2022
މި ސަރުކާރުން ތަޅާލަން ނިންމާފައިވާ ދަރުބާރުގެ ކުއްޔަށް ދޭނީ ހަމައެކަނި ސަރުކާރުގެ ބޭނުންތަކަށްކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުން ތަޅާލަން ނިންމާފައިވާ ދަރުބާރުގެ އާއްމު އުސޫލުން ކުއްޔަށް ދޫކުރުން ވަނީ 2020 ވަނަ އަހަރު ހުއްޓާލާފައެވެ. ނަމަވެސް ސަރުކާރު ކުންފުންޏަކުން މިދިޔަ ހަފްތާގައި ދަރުބާރުގޭގައި އިވެންޓެއް ބޭއްވުމުން ގިނަ ބަޔަކު އަންނަނީ ދަރުބާރުގެ ކުއްޔަށް ނެގުމާއި ގުޅޭގޮތުން ސުވާލުކުރަމުންނެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ އާންމު އުސޫލުން މިހާރު ދަރުބާރުގެ ކުއްޔަށް ދޫނުކުރާ ކަމަށާއި އެގޮތަށް އެކަން ނުކުރާނެކަމަށެވެ. ނަމަވެސް، ދަރުބާރުގެ ތަޅައިލުމުގެ ކުރިން ސަރުކާރުގެ އިދާރާއަކުން އެދިއްޖެނަމަ، މިހާރުވެސް އެތަން ދޫކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

1990 ވަަނަ އަހަރު ރާއްޖޭގައި ބޭއްވި ސާކް ސަމިޓަށް ހެދި ދަރުބާރުގެ ތަޅައިލުމަށް ފަހު، އެ ތަނުގައި އާ އިމާރާތެއް އެޅުމަށް ރައީސް ސާލިހުގެ ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތެއް ފެށިފައެއް ނުވެއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ މި އަހަރުގެ ތެރޭގައި ދަރުބާރު ތަޅާލުމުގެ މަސައްކަތް ފަށާނެކަމަށެވެ.

ދަރުބާރުގެ އެންމެ ފަހުން ބޭނުންކޮށްފައިވަނީ ކޯވިޑް އިމަރޖެންސީ ސެންޓަރެއްގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!