އަނދުން ހުސެން ގުރޫޕް ކާފަރު ކުޅުނު މައްސަލަ ބަލަން ފަށައިފި
ދެންމެ | 25 ޖޫން 2022

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގްރޫޕު ހަދައިގެން ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މީސް މީޑިޔާގައި އާއްމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި އަނދުން ހުސެއިން ކަމަށް ބެލެވޭ މީހާ އަންހެނެއް ގައިގައި ބައްދާލައިގެން އޮންނަ އިރު އިތުރު ފިރިހެނަކު އޭނާ އާއި ޖެހިގެން ބަރަހަނާ ހާލުގައި އޮވެ އެވެ.

އަދުން ހުސެންނާއި ވައްތަރު މީހެއްގެ ބަރަހަނާ ފޮޓޯތަކެއް އާއްމުވެފައި މި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ވައްތަރު މީހެއް ފިރިހެނަކާއި އެކު ބަރަހަނާ ހާލުގައި އެއްޖިންސުން ގުޅުން ހިންގާ ވީޑިޔޯއެއް އާއްމުވެފައި ވަނިކޮށެވެ.

ނާޒިމް ސައްތާރާއި ވައްތަރު މީހާގެ ވީޑިޔޯގެ މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަހްގީގް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!