ގޭގެ ވެރިޔާ އަތުން އެމްޑީޕީ މައިހަރުގެ ގަދަބާރުން ފޭރިގަތުމަށް ފައްޔާޒު ކޯޓަށް ހުށަހަޅައިފި
ދެންމެ | 27 މެއި 2023

އެމްޑީޕީ މައި ހަރުގެ ހުސްކުރުމަށް އެންގުމުން ވެސް ހަރުގެ ހުސްނުކޮށް ގަދަބާރުން އެތަން ހިސޯރުކޮށްގެން ތިބެ އެތަން ގޭގެ ވެރިފަރާތުން ފޭރިގަތުމަށް އެމްޑީޕީގެ ޗެއަރޕާސަން ބަގުރޫޓް ފައްޔާޒު އިސްވެ ހުރެ އެމްޑީޕީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ފަރާތުން ވަނީ އެތަނުގައި ގަދަބާރުން ތިބުމަށް ސިވިލް ކޯޓްގައި ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ. އަދި ރިޔާސީ އިންތިހާބު ނިމެންދެން އެތަން އެމްޑީޕީ ސިޔާސީ ހަރަކާތް ހިންގުމަށް އަމުރު ކޮށްދިނުމަށް ކޯޓުގައި އެދިފައި ވެއެވެ.

އެމްޑީޕީގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މައުލޫމާތު އިނގޭ މީހަކު އިތުރަށް ބުނެފައި ވަނީ ކޯޓުގައި އެޕާޓީން އެދިފައި ވަނީ އެޕާޓީއަށް އެބިން ބޭނުން ނުކުރެވޭނަމަ މި އަހަރުގެ ނޮވެމްބަރ 17 ވަނަ ދުވަހުގެ ކުރިން އެބިން އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނެ ގޮތަށް ކޯޓުން އަމުރެއް ނެރެދިނުމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިވިލް ކޯޓުގައި މިމައްސަލައިގެ ވަގުތީ އަމުރު ވަނީ މިމަހު 29 ވާ ހޯމަ ދުވަހަށް ސެޑިއުލްކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގޭގެ ވެރިފަރާތުން ވަނީ އިމާރާތް ހުސް ކުރުމަށް އެމްޑީޕީއަށް މަސް ދުވަހަށް ވުރެ ވެސް ގިނަ ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެހެންނަމަވެސް އެމްޑީޕީން މިއަދާއި ހަމައަށް އިމާރާތް ހުސްކޮށްފައެއް ނުވެ އެވެ.

އެމްޑީޕީ ހަރުގެ ހުސްކުރަން ގޭގެ ވެެރިފަރާތުން ހަރުގެ ހުސްކޮށްފައި ނުވާއިރު އެޕާޓީ ޗެއަރޕާސަން ފައްޔާޒު އުޅުއްވަނީ ސޯމާލިޔާ ކަނޑު ފޭރޭ މީހެއް ފަދައިން ކަމަށް ގިނަ ފަރާތްތަކަކުން ދެކެ އެވެ.

ބޮޑުތަކުރުފާނު މަގަށް އާޓިފިއަލް ބީޗް ކުރިމައްޗައް ހުންނަ އެމްޑީޕީ ހަރުގޭގެ ވެރިޔަކީ ކުރީގެ އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ސަފީއާ ޒުބެއިރެވެ.

އެމްޑީޕީ ހަރުގޭގެ ވެރިޔާ ސަފީއާ ޒުބެއިރަކީ ދެ ކަފިވެފައިވާ އެމްޑީޕީގެ ރައީސް ނަސީދަށް ތާއީދު ކުރައްވާ ފަހުލަވާނެ ކެވެ. އަދި މިހާރު ޓިމޮކްރިޓިކް ޕާޓީގެ މެމްބަރެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!