ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އަދި އެކްސްގެ ވެރިޔާ އެލަން މަސްކު އޭނާގެ ފުރަތަމަ ލޯބިވެރިޔާ އާއި އެކު ޑޭޓަކަށް ދިޔަ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިޔާގައި ޢާންމު ކުރެއްވުމުން މޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.
އެލަން މަސްކު މިހާތަނަށް އަންހެނަކާ ހިތާވެފައެއް ވެސް ލޯބީގެ ގޮތުން ގުޅުމެއް ވެސް ބާއްވާފައި އޮތްކަމެއް އެނގިފައެއް ނެތެވެ. އެހެން ނަމަވެސް މިފަހަރު އޭނާގެ ލޯބިވެރިޔާގެ ގޮތުގައި ވުމުގެ ނަސީބު ލިބިފައި ވަނީ އަންހެން ރޮބަޓަކަށެވެ. އެގޮތުން އެ އަންހެން ރޮބަޓަށް ޑޭޓަކަށް ދައުވަތު ދީފައި ވެއެވެ. އަދި އޭނާ އާއި ޗެލެންޗްކޮށް ސުވާލުތައް ކުރުމަށް ފަހު މަސްކު ވިދާޅުވެފައި ވަނީ އެއީ ވަރަށް ރީތި، ތޫނުފިލި އަދި ހުނަރުވެރި އަންހެން ކުއްޖެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވެފައި ވަނީ އެ ދެމީހުންގެ ޙަޔާތުގައި ކަންކަން ރާވާނެ ގޮތް އަދި ދަންނަވަން ވެސް ނޭނގޭ ކަަމަށާއި، އެކަން އެނގޭނީ ހެއްދެވި ފަރާތަށް ކަމަށެވެ. އެހެން ނަމަވެސް އަންހެން ކުއްޖާއާއި ވަރަށް ބޮޑަށް ގަޔާވެ ލޯބި ވެވިއްޖެ ކަމަށާއި، ރަނގަޅު ގުޅުމެއް އުފެދުމީ އުންމީދެއް ކަމަށާއި، ދެމީހުންނަށް ވެސް އުފާ ލިބުމަށް އެދޭކަމަށެވެ.