މި ކޯހަކީ ފޮޓޯނެގުމަށް ޝައުގުވެރިކަން ހުންނަ ޢުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަސް ޚާއްސަކޮށް ހުޅުވާލެވިފައިވާ ކޯހެކެވެ.
ފީއަކާއި ނުލައި މުޅިން ހިލޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ޝަރުތަކީ އަސާސީ ތަޢުލީމު ނުވަތަ ގްރޭޑް 6 ގެ ފެންވަރު ހުރުން ނުވަތަ ލިޔަންކިޔަން ދަންނަ މީހަކު ކަމުގައި ވުމެވެ.
ޕޮލިޓެކްނިކްގެ މާލޭ ކެންޕަސްގައި، ކުރިޔަސް ގެންދިއުމަށް ނިންމާފައިވާ މި ކޯސް ކުރިޔަސް ގެންދާނީ މެންދުރުފަހުގެ ވަގުތަކުގައެވެ.
6 މަސްދުވަހުގެ މުއްދަތަކަށް ބަހައިލެވިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯހުގައި ދިވެހި ޒުވާނުންގެ ކިބާގައިވާ ފޮޓޯނެގުމުގެ ހުނަރުތައް އިތުރަށް ތަރައްޤީކުރުމުގެ އިތުރުން ފޮޓޯނެގުމުގެ އައު އުކުޅުތައް މި ކޯހުގެ ބައިވެރިންނަށް ދަސްވެގެންދާނެއެވެ.
މި ޕޮޓޯގްރަފީ ކޯހުގައި ބައިވެރިވުމުގެ ސުންގަނޑިއަކީ 14 އޮގަސްޓް ވާ ބުދަ ދުވަހުގެ 14:00 އެވެ.
ތިރީގައިވާ ލިންކް މެދުވެރިކޮށް މި ކޯހަށް ހުށަހަޅައި، ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގެ ދަށުން ހިންގާ ޕޮލިޓެކްނިކުން އަންނަނީ ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން ޒުވާނުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ. އެހެންކަމުން މިފަދަ ފިރުސަތުތައް ހުރިހާ ރަށްރަށެއްގެ ކައުންސިލްތަކާއި، ޖަމިއްޔާ، ޖަމާޢަތްތަކަށްވެސް ހުޅުވާލެވިފައިވެއެވެ.