ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ މެޓް އިން ރީނދޫ އެލާޓު ނެރެފި
ދެންމެ | 30 ސެޕްޓެމްބަރ 2022

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ މޫސުމާ ބެހާ ގައުމީ އިދާރާ (މެޓް) އިން ރީނދޫ އެލާޓު ނެރެފިއެވެ.

ގަޑިއިރަކު 25 މޭލާއި 30 މޭލަށް ދެމެދު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދެވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅަށެވެ.

އެ އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 2:15 އިން އިރުއޮއްސި 6 ޖެހުމާ ހަމައަށެވެ.

ފާއިތުވެދިޔަ ދެ ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު އެލާޓް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިއުލާންކޮށްފައިވާއިރު ހއ އަތޮޅުން ފެށިގެން ދ އަތޮޅުން މިއަދުގެ 6 ގެ ނިޔަލަށްވެސް ވަނީ ހުދު އެލާޓް ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!