ސަލާމަތީ ބާރުތަކުން އެތެރެކުރާ ސާމާނުތަކުން ޑިއުޓީ މާފު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އިމްޕޯޓް އެކްސްޕޯޓް ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާފައި އޮންނަ އިމްޕޯޓް ޑިއުޓީ މާފު ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ބަދަލު ގެނެސް ވަނީ ގެޒުޓުކޮށްފަ އެވެ.
ސަރުކާރު ގެޒެޓުގައި ޝާއިއުކޮށްފައިވާ އެ ބަދަލުގައި ބުނަނީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ކަންކަން ބެލެހެއްޓުމަށް ޓަކައި ސަލާމަތީ ހިދުމަތްތަކުން އެތެރެކުރާ ތަކެތި ޑިއުޓީ މާފު ވާނެ ކަމަށެވެ.
ސަލާމަތީ ޚިދުމަތްތަކުގެ ގޮތުގައި ރާއްޖޭގައި ހުރި އިދާރާތަކުގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ އިތުރުން ކަސްޓަމްސް އާއި ކަރެކްޝަންސް ފާހަގަކޮށްލެވެ އެވެ.
ގުޅުންހުރި ލިޔުންތައް