ދިވެހި އަންހެނުންތަކަކަށް ތޫތު ދެއްކި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފި
ދެންމެ | 21 އޯގަސްޓް 2024

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އެތެރޭގައި ހުންނަ މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މާލެ ސިޓީ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.

އިއްޔެ ކްރިމިނަލް ކޯޓުން އާއްމުކޮށްފައިވާ ކޯޓު އަމުރުގައި ބުނީ އޭނާ އަކީ މި ދިޔަ ޖޫން މަހުގެ ތެރޭގައި މާލޭ ސުކޫލަކަށް ވަދެ ހަމަ އެފަދައިން އަމަލުކޮށްފައިވާ މީހެއް ކަމަށެވެ.

ކޯޓު އަމުރުގައި ބުނީ އޭނާގެ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށާއި އެއީ ހައްޔަރުކުރުމާއި ބަންދުގެ ރިކޯޑު އޮތް މީހެއް ކަމަށެވެ.

އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!