ހަޒާނާ ހުހެއް ނުވޭ، އެއީ ބުހުތާނު ދޮގެއް: މަރުކަޒީ ބޭންކް
ދެންމެ | 22 އޯގަސްޓް 2024

ބޭނުންކުރެވޭ ގޮތަށް މަރުކަޒީ ބޭންކްގައި ބަހައްޓާފައި ހުންނަ ރިޒާވް، ހުސްވެއްޖެކަމަށް ދެކެވޭ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފިއެވެ.

ބޭނުންކުރެވޭ ރިޒާވް ހުސްވެއްޖެ ކަމަށް ބައެއް މީޑިއާތަކުން ފަތުރަމުން ގެންދާ ހަބަރުތަކާ ގުޅިގެން ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން މިއަދު އެއީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވް އާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން މަރުކަޒީ ބޭންކުން ބުނީ، ޖުލައިމަހު ނިމުނުއިރު ހުރިވަރަށްވުރެ، މިހިނގާ އޮގަސްޓްމަހު ރާއްޖޭގެ ޔޫޒަބަލް ރިޒާވް އިތުރުވާނެ ކަމަށެވެ. މަރުކަޒީ ބޭންކުން ބުނީ ރާއްޖޭގެ ޑޮލަރު ރިޒާވް ހުސްނުވާކަމަށާއި، ތަފާސްހިސާބުތައް އެ ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނޭ ކަމަށެވެ.

އެމްއެމްއޭއިން ބުނީ ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުން އުފެދޭގޮތަށް މިފަދަ ހަބަރުތައް ފަތުރަމުންދިއުމަކީ އެ ބޭންކުން ކަންބޮޑުވާ ކަމަށެއް ކަމަށެވެ.

ރާއްޖޭގެ ޑޮލަރު ރިޒާވް ހުސްވެއްޖެ ކަމަށް ދެކެވޭ ވާހަކަތައް އިގްތިސާދީ ވަޒީރު، މުހައްމަދު ސައީދުވެސް ވަނީ ދޮގުކުރައްވާފައެވެ.

ބޭނުންކުރެވޭ ގޮތަށް މަރުކަޒީ ބޭންކްގައި ބަހައްޓާފައި ހުންނަ ރިޒާވް، ހުސްވެއްޖެކަމަށް ދެކެވޭ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!