އެޑްވައިޒަރު މުހްތާޒަށް ސިންގަޕޫރުގެ ޑެޕިއުޓީ އެމްބެސެޑަރުކަން ދެއްވައިފި
ދެންމެ | 24 އޯގަސްޓް 2024

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ކުރީގެ ޕީޖީ، މުހުތާޒު މުހުސިން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ބަދަލުކުރައްވައިފިއެވެ.

ރައީސްގެ އެޑްވައިޒަރަކަށް މުހުތާޒް އައްޔަން ކުރެއްވީ މިއަހަރުގެ ޖަނަވަރީމަހުގެ 30ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމް އަދާކުރެއްވި މުހުތާޒް އެމަޤާމުން ވަކިކޮށްފައިވަނީ 2015 ވަނަ އަހަރު އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅުމަށްފަހުއެވެ.

ހަމައެއާއެކު ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލައެއްގައި ޓެރަރިޒަމްގެ ދައުވާ އުފުލައި އޭނާއަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އޭނާ މިނިވަން ކޮށްފައިވަނީ ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބު ކާމިޔާބުވުމުން 2018 ވަނަ އަހަރުއެވެ.

މުހުތާޒު ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފައި މިވަނީ އޭނާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަނު ކޮށްފާނެ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ. ނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހަމަޖައްސަވަނީ ސިންގަޕޫރުގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރަކަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!