ވަފާތެރި ބައިވެރިއެއް ބޭނުން ތަ!
ދެންމެ | 25 އޯގަސްޓް 2024

ކޮންމެ މީހަކުވެސް އެމީހެއްގެ ހަޔާތުގެ ބައިވެރިޔާ އިހްތިޔާރު ކުރަނީ ވަރަށް ލޯބިން، އުމުރަށް އެކުގައި އުޅުމަށެވެ.

ނަމަވެސް ބައެއް ހާލަތްތަކުގައި ހަޔާތުގެ ބައިވެރިޔާ ކަމުގައި އިހްތިޔާރު ކުރާ ފަރާތަކީ ބޭވަފާތެރިއަކަށްވެސް ވެދާނެއެވެ. ނުވަތަ ތިބާއާ އެންމެ ގުޅޭ މީހަކަށްވެސް ނުވެދާނެއެވެ. އެހެންކަމުން ތިބާގެ ހަޔާތުގެ ބައިވެރިޔާ އަކީ ތިބާއަށް އެންމެ ހެޔޮ، ތިބާއާއެކު އަބަދަށް އުޅެން ބޭނުންވާ، އަދި ތިބާއަށް ވަފާތެރި މީހެއްތޯ ދެނެގަތުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

 

ތިރީގައި މި ހިމަނާލަނީ ވަފާތެރި ބައިވެރިއެއްގެ ކިބައިގައި ހުންނާނެ ބައެއް ސިފަތަކެވެ.

 

ތެދުވެރިވުން:

ތިބާގެ ބައިވެރިޔާއަކީ ތިބާއަށް ވަފާތެރި މީހެއްނަމަ ކޮންމެ ކަމެއްގައިވެސް އޭނާ ތިބާއަށް ތެދުވެރިވާނެއެވެ. އަދި އޭނަަ ތިބާއާއި ވަރަށް ފާޅުގައި ވާހަކަ ދައްކައި މުހާތަބުވެސް ކުރާނެއެވެ. އަދި ހަމަ އެހެންމެ އޭނާގެ ހަޔާތުގައި ދިމާވާކަންތަކުގެ ވާހަކަ ތިބާއާއި ހިއްސާކޮށް އެއްވެސް ކަމެއްގައި ތިބާއަށް އޮޅުވައެއް ނުލާނެއެވެ. އެހެންކަމުން ތިބާގެ ހަޔާތުގެ ބައިވެރިޔާއަކީ މިފަދަ މީހެއް ނަމަ އެއީ ވަފާތެރި ބައިވެރިއެކެވެ.

 

ކަންކަމުގައި އެއްބާރުލުން ދިނުން:

ތިބާގެ ހަޔާތުގެ ބައިވެރިޔާއަކީ ކޮންމެ ކަމެއްގައިވެސް ތިބާއަށް އެއްބާރުލުން ދޭ، ކޮންމެ ފަދަ ކަމެއްގައިވެސް ތިބާއާއި އެކުގައި ހުންނަ މީހެއް ނަމަ، އެއީ ވަފާތެރި ބައިވެރިއެކެވެ. މިފަދަ ބައިވެރިންނަކީ ތިބާއަށް ކަންކަމުގައި އެއްބާރުލުންދީ، ތިބާގެ ހުވަފެންތައް ހާސިލު ކުރުމަށް އެހީވެދޭ ފަރާތްތަކެވެ.

 

އުނދަގޫ ދަނޑިވަޅުތަކުގައި އެހީ ފޯރުކުރުން:

ތިބާގެ ބައިވެރިޔާއަކީ ހަޔާތުގައި ދިމާވާ އެކިއެކި އުނދަގޫ ދަނޑިވަޅުތަކުގައި ތިބާއަށް އެހީ ފޯރުކޮށްދޭ ފަރާތެއްނަމަ އެއީ ވަފާތެރި ބައިވެރިއެކެވެ. އެގޮތުން ދަތި އުނދަގޫ ވަގުތުތަކުގައި ތިބާގެ ކައިރީގައި ހުރެ އޭނާ ތިބާއަށް އެހީވާނެއެވެ.

 

ޒިންމާދާރުވުން:

ތިބާގެ ބައިވެރިޔާއަކީ ޒިންމާދާރު އަދި ކަންކަމުގައި ޒިންމާ ނަގަން ކެރޭ މީހެއް ނަމަ އޭނާއަކީ ވަފާތެރި ބައިވެރިއެކެވެ. ސަބަބަކީ ވަފާތެރި ބައިވެރިޔަކު ދުވަހަކުވެސް އޭނާގެ ޒިންމާތަކާ ދުރަށް ދާން ނޫޅޭނެތީއެވެެ. އެހެންކަމުން އެއީ ވަފާތެރި ބައިވެރިއެއް ނަމަ އޭނާ އަމިއްލައަށް ކަންކަމުގައި ޒިންމާ ނަގައި، ތިބާއަށް އެހީތެރިކަން ފޯރު ކޮށްދޭނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!