ބޭރުގެ ބައެއް ގައުމުތަކުން މާލީ އެހީތެރިކަން ލިބޭނެ ކަމުގެ ފެހި ސިގްނަލްތައް ލިބިފައިވާ ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ގައުމުގެ އިގުތިސާދީ ދުވެލި މިހާރު ހުރީ ރަނގަޅު މިސްރާބެއްގައި ކަމަށެވެ. ޒަމީރު ވިދާޅުވީ ޗައިނާ އާއި އިންޑިޔާ އިން ނަގާފައިވާ ލޯނުތައް ފަސްކޮށް، ބޭރުގެ ބައެއް ގައުމުތަކުން މާލީ އެހީތެރިކަން ލިބޭނެ ކަމުގެ ފެހި ސިގްނަލްތައް ލިބިފައިވާ ކަމަށެެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ އެކި ޖަމިއްޔަތަކާ އެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެކަމުގައި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ.
ގުޅުންހުރި ލިޔުންތައް