މަހާއެކު ކުޅިވަރު ކުޅޭ ކޯސްތަކެއް ގައުމީ ޔުނިވާރސިޓީން އިއުލާން ކޮށްފި
ދެންމެ | 28 އޯގަސްޓް 2024

އަލަށް އުފެއްދި ފިޝަރީޒް ކޮލެޖްގެ ކޯސްތަކަށް އިއުލާންކޮށް، ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާއިފިއެވެ.

ފިޝަރީޒް ކޮލެޖްގެ ކޮލެޖް ހިންގަނީ ގައުމީ ޔުނިވާސިޓީންނެވެ، އެމްއެންޔޫއިން ބުނީ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް އިން ހަތަރު ކޯހެއް ފަށަން ނިންމާފައިވާކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ ސްޕޯޓްސް ފިޝިން ހިމެނެކަމަށްް އެމްއެންޔޫއިން ބުނެއެވެ.

 

ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް އިއުލާންކުރި ކޯސްތައް

 

1- ނޭޝަނަލް ސެޓްފިކެޓް 3 އިން ސްޕޯޓްސް ފިޝިންގ ގައިޑިން – ފުލްޓައިމް (ބްލެންޑެޑް) މާލެ، ހދ. ކުޅުދުއްފުށި، ސ. ހިތަދޫ

 

2- ނޭޝަނަލް ސެޓްފިކެޓް 1 އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް – ފުލްޓައިމް (ބްލެންޑެޑް) މާލެ، ލ. ގަން

 

3- ނޭޝަނަލް ސެޓްފިކެޓް 2 އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް – ފުލްޓައިމް (ބްލެންޑެޑް) މާލެ، ލ. ގަން

 

4- ނޭޝަނަލް ސެޓްފިކެޓް 3 އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް – ފުލްޓައިމް (ބްލެންޑެޑް) މާލެ، ލ. ގަން

 

އެމްއެންޔޫއިން ބުނީ މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 3 ވަނަދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ. ކޯސްތަކަށް ކުރިމަތިލެވޭނީ އޮންލައިންކޮށް https://portal.mnu.edu.mv/ ގައިވާ ޕޯޓަލް މެދުވެރިކޮށްކަމަށްވެސް އެމްއެންޔޫއޭިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!