ބްރިޖާއި ހަވާލުވިއިރު ސައިކަލަށް ވަކި ލޭނެއް ނެތް: ރައީސް ޑރ. މުއިއްޒު
ދެންމެ | 31 އޯގަސްޓް 2024

ބްރިޖުގެ މަސައްކަތް 2014 ގައި ހައުސިން މިނިސްޓްރީއަށް ހަވާލު ކުރިއިރު ސައިކަލަށް ވަކި ލޭނެއް ކަނޑައަޅާފައި ނެތްކަމަށާއި އެކަން ސާފުކޮށްދޭންމަސައްކަތް ކުރުމުން ހިތްހަމަނުޖެހި ބްރިޖު ހުޅުވުން ކެންސަލް ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަސައްކަތްކުރެއްވިކަމަށްރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ރައީސް ދެއްވި ޙާއްސަ ޢިންޓަވިއިއެއްގައި ރަޢީސް ވިދާޅުވީ ބްރިޖު ހުޅުވުމާއި ގާތްވެފައި ވަނިކޮށް ރައީސް ޔާމީން ބްރިޖުގެ ލޭނެއް މަދުކަމަށްވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުން ގިނަ ބައެއްގެ ހިތުގައި ސުވާލުއުފެދިފައިވާތީ އެކަމަށް ރައީސް މުއިއްޒު ވިދާޅުވީ ސިނަމާލެ ޕްރޮޖެކްޓު އެމަނިކުފާނުކުރިޔަށް ގެންދެވީ ވަރަށް ގަޔާވެ ކުރާހިތުން ކުރި މަސައްކަތެއްގެގޮތުގައިކަށެވެ.

މަސައްކަތް ކުރިޔަށް ދާގޮތް، ކޮންމެ ދުވަހަކު ބައްލަވައި ބްރިޖު ސައިޓަށް ވަޑައިގެން ވެސް ކަންކަން އޮޅުންފިލުވާފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ. 2014 ގެ އޮކްޓޯބަރު މަހުން ފެށިގެން ހައުސިން މިނިސްޓްރީ ޕްރޮޖެކްޓުގައި ބައިވެރި ކުރިއިރު ރައީސް އޮފީހުން ފޮރިން މިނިސްޓްރީގެފަރާތުންއިމްލިމެންޓޭޝަން އޭޖެންސީއެއް ހޯދުމަށް ފޮނުވާފައި ވަނީ ސެޕްޓެމްބަރު މަހު ކަމަށެވެ.

ރައީސް ވިދާޅުވީ ބްރިޖުގެ މަސައްކަތް ނިމެން ގާތްވެފައި ވަނިކޮށް ގާތްގަނޑަކަށް 40 މެމްބަރުން ތިބި ބްރިޖު ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ފަހުސައިކަލުދުއްވުމަށް ވަކި ލޭނެއް އޮންނަން ޖެހޭނެކަމަށް ވިދާޅުވި ކަމަށެވެ. އެހެން ނަމަވެސް ހެވީ ވެހިކަލްއާއި، ސައިކަލު ލޭނެއް އޮއްވައި ވަކިން އެއިންތިޒާމުހަމަޖެއްސޭނެ ގޮތެއް ނެތްކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތަށް ވިދާޅުވުމުން، ރައީސް ޔާމީން ބޭނުންފުޅުވީ ބައިސްކަލް/ޕެޑެސްޓްރިއަން ލައިން ސައިކަލު ވަކި ލޭނަކަށް ބަދަލު ކުރުމަށްކަމަށްއެމަނިކުފާނުފާހަގަކުރެއްވި އެވެ. އަދި ރައީސް ޔާމީން ވިދާޅުވާކަމަކަށް އެއްވެސް ވަޒީރަކު ދެކޮޅު ހެދުމަށް ބޭނުން ނުވާތީ އެ ލޭނުގައި ސައިކަލުދުއްވޭތޯބަލާފައިވާނެކަމަށެވެ.

ރައީސް ވިދާޅުވީ ސައިކަލަށް ވަކިން ލޭޔަރެއް އެޅުމަކީ ކުރެވެން އޮތްކަމެއް ނޫންކަމަށާއި، އެހެން ނަމަވެސް އެކަން ކުރެވޭނެ ހުރިހާ ގޮތެއް ބެލިކަމަށެވެ. އޭގެސަބަބުން ރައީސް ޔާމީން ބޭނުންވީ ރައީއސް ވިދާޅުވި ގޮތުގައި ބްރިޖު ހުޅުވުން ކެންސަލް ކުރުމަށެވެ. އަދި ބްރިޖު ހުޅުވުމުގެ ކަންކަންހުއްޓާލުމަށްއެންގިކަމަށެވެ.

ރައީސް ވިދާޅުވީ ލޭނުގެ ކަންކަން ކިޔައިދޭން އެމަނިކުފާނު މަސައްކަތް ކުރިކަމަށާއި އެއީ މަހެއްހާ ދުވަސް ވަންދެން އެމަނިކުފާނު އެ ހުރިހާ މަގެއްފެނޭތޯބަލާފައިވާތީކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީން އެކަން ގަބޫލު ކުރަން ބޭނުން ނުވީކަމަށް ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!