ފިޔައި ތެލާއި ސައިމަލުގެ ތެލުން އިސްތައްޓަށް ލިބޭ އުފާ!
ދެންމެ | 01 ސެޕްޓެމްބަރ 2024

ބޮލުން އިސްތަށި ފޭބުމަކީ ދެ ޖިންސުގެ މީހުންނަށްވެސް ކުރިމަތިވާ، އަދި އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. މިކަމުގެ ސަބަބުން އިސްތަށިގަނޑު ކުރަކިވެ މީޙަގެ ރީތިކަމަށްވެސް އަސަރު ކުރެއެވެ. ބޮލުން އިސްތަށިފައިބާތީ އެކަމަށް ފަރުވާ ހޯދުމަށް ތަފާތު އެކިއެކި ޓްރީޓުމެންޓުތައް ނަގާމީހުންވެސް އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ.

ތިރީގައި މި ހިމަނާލަނީ ބޮލުން އިސްތަށިފައިބާނަމަ އެކަމަށް ފަރުވާ ކުރުމުގެ ގޮތުން ބޭނުން ކުރެވިދާނެ ބައެއް ތެލެވެ.

 

ސައިމަލުގެ ތެޔޮ

ސައިމަލުން ހަދާފައިހުންނަ ތެލަކީ އޭގައި ހަށިގަނޑަށް ވަރަށް ފައިދާހުރި މާއްދާތަކެއް އެކުލެވިގެންވާ ތެލެކެވެ. އޭގައި އެކުލެވިފައިވާ ވިޓަމިން އޭ އާއި ވިޓަމިން ސީ އަކީ ބޮލުގައި އިސްތަށިފެޅުމަށް އެހީވެދޭ، އަދި އިސްތަށިގަނޑު ވަރުގަދަ ކުރުމަށްވެސް އެހީވެދޭ މާއްދާތަކެވެ. އެހެންކަމުން މި ބޭނުން ކުރާނަމަ މީހާގެ އިސްތަށިގަނޑު ބޯވެ، އިސްތަށި ފޭބުން މަދުކޮށްދެއެވެ.

 

ފިޔާ ތެޔޮ

ފިޔާ މިއީ އިސްތަށިގަނޑަށް ދިމާވާ ތަފާތު އެކި މައްސަލަތައް ހައްލު ކުރުމަށްޓަކައި ވަރަށް ގިނަ މީހުން ބޭނުން ކުރާ އެއްޗެކެވެ. މިއީ ގިނަ އަދަދަކަށް ސަލްފާ އެކުލެވިގެންވާ އެެއްޗެކެވެ. ސަލްފާގެ އެންޓިމައިކްރޯބިއަލް ފްރޮޕަޓީތަކުގެ ސަބަބުން މި ބޭނުން ކުރުމުން އިސްތަށި ފޭބުން މަދުކޮށްދީ ބޯތަލަވުން ހުއްޓުވައިދެއެވެ. އަދި އިސްތަށިފެޅުމަށް އެހީވެދީ ބޮލުގެ އިސްތަށިގަނޑު ވަރުގަދަ ކުރުމަށްވެސް އެހީވެދެއެވެ.

 

އެލޯވޭރާ ތެޔޮ

އެލޮވޭރާ އަކީ ހަންގަނޑުގެ މައްސަލަތަކަށާއި އިސްތަށިގަނޑަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށްވެސް ޒަމާނުއްސުރެ ބޭނުން ކުރަމުން އައިސްފައިވާ އެއްޗެކެވެ. އެލޮވޭރާ ތެޔޮ ބޭނުން ކުރުމުން ބޮލުގައި ހަންފޮޅުން މަދުކޮށްދީ، ބޮލުގެ ހަންގަނޑު ހިކުމުން ދުރުކޮށްދެއެވެ. އަދި މިކަމުގެ ސަބަބުން ބޮލުން އިސްތަށި ފޭބުން މަދުކޮށްދީ، ބޮލުގައި އިސްތަށި ފެޅުން އިތުރު ކޮށްދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!