ކަނޑު އަޑިން 5600 އަހަރު ވެފައިވާ ދެ ލޭނުގެ ބުރިޖެއް ހޯދައިފި
ދެންމެ | 03 ސެޕްޓެމްބަރ 2024

ފަސް ހާސް އަހަރަށްވުރެ ގިނަ ދުވަސްވީ ބުރިޖެއް ކަނޑުން ފެނިއްޖެއެވެ. މެލޯކާގެ ޖެނޮވެސާ ހޮހޮޅުން ފެނުނު މި ބުރިޖަކީ އެތައް ހާސް އަހަރުތަކެއް ކުރިން އެ ސަރަހައްދުގައި އިންސާނުން ދިރިއުޅުނުކަން ދައްކުވައިދޭ ހެއްކެކެވެ.

ސައުތު ފްލޮރިޑާ ޔުނިވަރސިޓީގެ ޖިއޮލޮޖީ ޕްރޮފެސަރެއް މެލޯކާ ރަށުގެ ހޮހޮޅަކުން ހޯދު މި ބުރިޖުގެ އުމުރަކީ 5600 އަހަރު ކަމަސާއި، އެ ބުރިޖު ހަދާފައިވަނީ ވީ ހިލައިންކަމަށް އެ ޓީމުން ބުނެއެވެ. މި ހޯދުމުން ދައްކުވައިދެނީ މެލޯކާގައި އިންސާނުން ދިރިއުޅެން ފެށީ މީގެ ކުރިން ޤަބޫލުކުރެވުނު ވަރަށްވުރެ މާ ކުރިންކަމެވެ.

މި ހޯދުމަކީ ހުޅަނގު މެޑިޓެރޭނިއަން ސަރަހައްދުގެ އިންސާނީ ތާރީޚާ ބެހޭގޮތުން މިހާތަނަށް އެނގިފައިވާ ހުރިހާ ކަމެއް ބަދަލުކޮށްލާނެ ހޯދުމެކެވެ.

ކަނޑުގެ އަޑިން ފެނުނު މި ބުރިޖަކީ މެލޯކާގައި އިންސާނުން ދިރިއުޅުނުކަން ދައްކުވައިދޭ ފުރަތަމަ ހެކި ކަމަށްވެފައި، އެ ސަރަހައްދުގައި އިންސާނުން ދިރިއުޅެން ފެށި ތާރީޚު މާ ކުރިއަށް ގެންގޮސްދޭ ހޯދުމެކެވެ. އަދި އެ ޒަމާނުގެ އިންސާނުންގެ ހުނަރުވެރިކަން ދައްކުވައިދޭ ހެއްކެކެވެ.

 

މީ ހޯދުންތަކުގެ ބައެއް އިތުރު ތަފްސީލު:

މި ބުރިޖު ހޯދުނީ ޖެނޮވެސާ ހޮހޮޅައިންނެވެ. މިހާރު މި ހޮހޮޅުގެ ބޮޑުބައި ވަނީ ފެނުގެ އަޑީގައެވެ.

ބުރިޖުގެ ދިގުމިނަކީ 25 ފޫޓެވެ. މިއީ ސިމެންތި ނުވަތަ އެފަދަ އެހެން އެޗެއް ބޭނުން ނުކޮށް ހަދާފައިވާ ބުރިޖެކެވެ.

ބުރިޖު ހަދާފައިވަނީ ލައިމްސްޓޯން ހިލައިންނެވެ.

މި ހޯދުމުން ދައްކުވައިދެނީ އެ ޒަމާނުގެ މީހުން މުޒަނާބާ ގުޅުންހުރި ބައެއް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރިކަމާއި، އެތަނުގައި ދަތުރުފަތުރު ކުރުމަށް ވަރަށް ހުނަރުވެރިކަމާއެކު ތަންތަން ހެދިކަމެވެ.

ބުރިޖުގެ އުމުރު ކަނޑައެޅުމަށް ބޭނުންކޮށްފައިވަނީ ހޮހޮޅުގެ ޖިއޮލޮޖިކަލް ފޯމޭޝަންތަކާއި، ބުރިޖުގައި ހުރި އަލިކުލައިގެ ބޭންޑެކެވެ.

މި ހޯދުމުން ދައްކުވައިދެނީ މެޑިޓެރޭނިއަން ސަރަހައްދުގެ ގިނަ ރަށްތަކުގައި އިންސާނުން ދިރިއުޅެން ފެށި ތާރީޚު މީގެ ކުރިން ޤަބޫލުކުރެވުނު ވަރަށްވުރެ މާ ގިނަ ދުވަސްވެދާނެކަމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!