ދައުލަތުގެ އެންމެ ކާމިޔާބު ކުންފުންޏަކީ މޯލްޑިވިއަން: ޕީސީބީ
ދެންމެ | 06 ސެޕްޓެމްބަރ 2024

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ކާމިޔާބު ކުންފުންޏަކީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކަމަށް ޕްރައިވައިޓޭޝަން އެންޑް ކޯޕަރޭޝަން ބުނެފި އެވެ.

ޕީސީބީން އެންމެ ފަހުން އާއްމްކޮށްފައިވާ ރިޕޯޓަށް ބަލާއިރު ދައުލަތުގެ ހުރިހާ ކުންފުނިތަކަށް ވުރެ އެކުންފުނީގެ ހިންގުން ރަނގަޅުކަން ވަނީ ފާހަގަ ކޮށްފަ އެވެ.

ޕީސީބީން އާއްމްކޮށްފައިވާ ރިޕޯޓްގައި މޯލްޑިވިއަންނަށް 100 އަކުން 88 ޕަސެންޓް ހޯއްދަވާފައިވާ ކަމަށް ބުނެފައި ވެއެވެ.

މިރިޕޯޓްގައި ހާމަކޮށްފައިވާ ގޮތުން ދައުލަތުގެ އެހެން ކުންފުނިތަކަށް ވުރެ އައިއޭއެސްގެ ހިންގުންތެރިކަން އުޅެނީ މާ ބޮޑަށް ކުރީގަ އެވެ.

ރާއްޖޭގެ ގައުމީ އެއަރލައިނުން ގެންދަނީ ރާއްޖޭގެ ހުރިހާ އެއަރޕޯޓްތަކަށް ދަތުރު ކުރަމުންނެވެ. އަދި އެންމެ ފަހުގެ އޭޓީއާރަށް އެއަރލައިންގެ ބޯޓްތައް ބަދަލު ކުރަމުން ނެވެ.

މޯލްޑިވިއަން ގެންދަނީ ބައިނަލްއަގްވާމީ ދަތުރުތަކަށް ވައިޓް ބޮޑީ ބޮޑެތި ބޯޓުތައް ވެސް ގެނައުމަށް ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!