މަހާއި އެކު ބިސް ކައިހެދުމުން ބަރުދަން އިތުރުވޭ!
ދެންމެ | 07 ސެޕްޓެމްބަރ 2024

ބައެއް މީހުންނަށް ބަރުދަން އިތުރު ކޮށް ރަނގަޅު ބަރުދަނެއްގައި ހުރުން ވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. އަދި ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެން ލުއިވުމުގެ ސަބަބުން މިފަދަ މީހުންނަށް ތަފާތު އެކިކަހަލަ ބަލިތައްވެސް ޖެހެއެވެ. ސިއްހީ މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ނުވަތަ، ހަށިގަނޑު މާ ބޮޑަށް ހިކި އަނަރޫފަ ވުމުގެ ސަބަބުން އެކަން ހައްލު ކުރަން ބޭނުންވާނަމަ ކެއުމުގައި ހަށިގަނޑަށް ފައިދާހުރި މާއްދާތައް ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ.

 

މިފަހަރު މި ހިމަނާލަނީ ބަރުދަން އިތުރު ކުރަން ބޭނުން ނަމަ ކާންވީ ބައެއް އެއްޗިއްސެވެ.

 

ބިސް

ބިހަކީ ގިނަ އަދަދަކަށް ޕްރޮޓީން އާއި ހަށިގަނޑަށް ފައިދާހުރި ފެޓު އެކުލެވިގެންވާ އެއްޗެކެވެ. މިއީ ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކެއް ހިމެނޭ އެއްޗަކަށް ވީއިރު، މިއީ ވަރަށް ގިނަ ގޮތްގިތަށް ކެއުމުގައި ހިމަނާލެވޭނެ އެއްޗެއް ވެސްމެއެވެ. ބިސް ކެއުމުން ހަށިގަނޑުގައި މަސްޖަހައި، މީހާގެ ބަރުދަން ރަނގަޅު މިނެއްގައި ހިފެހެއްޓުމަށް އެހީވެދެއެވެ.

 

ހަނޑޫ

ހަނޑުލަކީވެސް ތަފާތު އެކި ގޮތްގޮތަށް ކައްކައިގެން މީހުން ކައިއުޅޭ އެއްޗެކެވެ. ހަނޑުލަކީ އޭގައި ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް އާއި ކެލޮރީތައް ހިމެނޭ އެއްޗެކެވެ. އެހެންކަމުން ހަނޑޫ ކައްކައިގެން ކެއުމުން މީހާގެ ހަށިގަނޑަށް އެތެރެވާ ކެލޮރީތައް ގިނަވެ އޭގެ ސަބަބުން މީހާގެ ބަރުދަން އިތުރުވެއެވެ.

 

މަސް

ތަފާތު އެކި ކަހަލަ ރަތް މަސް ހުންނަ މަހަކީ އޭގައި ގިނަ އަދަދަކަށް ކްރިއެޓައިން ހިމެނޭ އެއްޗެކެވެ. ކްރިއެޓިން އަކީ މީހާގެ ހަށިގަނޑުގައި ހުންނަ މަސްތައް ވަރުގަދަ ކޮށްދޭ، މީހާގެ ސިއްހަތު ރަނގަޅު ކުރުމަށް އެހީވެދޭ މާއްދާއެކެވެ. އެހެންކަމުން ބީފް ފަދަ ރަތް މަހުގެ ބާވަތްތައް ކެއުމުން މީހާގެ ގައިގައި މަސްޖަހައި ފަލަވެއެވެ. އަދި ހަށިގަނޑުގެ ބަރުދަންވެސް އިތުރުކޮށްދޭނެއެވެ.

 

އަލުވި

އަލުވިއަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ އެއްޗަކަށްވީއިރު މިއީ ތަފާތު އެކި ގޮތްގޮތަށް ތައްޔާރު ކުރެވޭ އެއްޗެކެވެ. މިއީ ގިނަ އަދަދަކަށް ކާބޯހައިޑްރޭޓް އާއި ވިޓަމިން އެކުލެވިގެންވާ އެއްޗެއްކަމުން މި ކެއުމުންވެސް މީހާގެ ބަރުދަން އިތުރުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!