ރާއްޖެއިން ބަންގާޅީއެއް ވައްކަން ކޮށްގެން ހައްޔަރުކޮށްފި
ދެންމެ | 08 ސެޕްޓެމްބަރ 2024

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއަކު ވައްކަންކޮށްގެން ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ނާސިރު ޝިކްޑަރު ނަމަކަަށް ކިޔާ ބަންގްލަދޭޝްގެ 34 އަހަރުގެ ފިރިހެނެކެވެ.

އެހެން ނަމަވެސް އޭނާ ކުރި ވައްކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައި ވެއެވެ. އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވަނީ ހުކުމްކޮށްފަ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ވައްކަމުގެ ކުށުގައި ހައްޔަރުކުރުމަކީ އާންމު ކަމެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!