ނޭފަތު ލޯވަޅަށް ވުރެ، ކުޑަތަންކޮޅަކުން 18 ބިދޭސީން އަތުލައިގެންފި
ދެންމެ | 12 ސެޕްޓެމްބަރ 2024
ތޮއްޖެހިގެން ކުޑަތަންތަން ކޮޅުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ ރެއިޑްތަކުގައި އިއްޔެވެސް ބައެއް ތަންތަން ބަލާ ފާސްކޮށް ބަޔަކު ހައްޔަރުކޮށްފިއެވެ.

ތޮއްޖެހިގެން އުޅޭ ބިދޭސީންގެ އެކޮމަޑޭޝަންތަން ބަލާ ފާސްކުރަން އިމިގްރޭޝަނުން މި ފެށީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދިޔަ ގާމަގުގެ ކެފޭ ހުންނަ އިމާރާތުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާ އެތަން އަނދާ ހުލިވުމުންނެވެ.

އިމިގްރޭޝަނުން ބުނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ މާލޭގެ 08 ގެއަކަށް އިދާރާގައި އޮފިސަރުން ވަންކަމަށެވެ. އަދި މި އޮޕަރޭޝަންގައި 18 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

މި ރެއިޑްގެވެސް ފޮޓޯތައް އިމިގްރޭޝަނުން ވަނީ އާއްމުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަނީ ކުޑަކުޑަ ތަންކޮޅެއްގައި ފިލައިން މަތި މައްޗަށް އެނދު ހަދައިގެން ބިދޭސީން އުޅެމުންދާތަނެވެ. އަދި އެތަނުގައި ކައްކަން ހުންނަ ތަނުގައި ގިނަ އަދަދަކަށް ގޭސް އުނދުން ބަހައްޓާފައި ހުރިތަން ފެނެއެވެ. ބެލެވޭ ގޮތުން އެހާ ގިނައިން އުނދުން ހުރީ އެތަނުގައި އުޅޭ މީހުން ވަކިވަކިން ކައްކާތީއެވެ.

your imageކުޑަތަންކޮޅެއްގައި ތޮއްޖެހިގެން އުޅުނު ބިދޭސީންތަކެއް 

އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ ގާމަގު ކެފޭ އިމާރާތަކީ ލަކުޑިން ޑެގް އަޅާ ޓިނު ބިއްގަޑުތަކެއް ޖަހައިގެން 3 ބުރިއަރަށް ހަދާފައި ހުރި ތަނެކެވެ. އެތަންނުގައި 50 ވުރެ ގިނަ ބިދޭސީން އުޅެމުންދިޔައެވެ. މި މީހުން އުޅެމުންދިޔައީ އެ އިމާރާތުގެ 3 ވަނަ ބައިގައެވެ. އެންމެ ތިރީގައި ހުރީ ގާމަގު ކެފޭއެވެ. އޭގެ މަތިން ދެވަނަ ބުރިއަކީ އެ ކެފޭގެ ބަދިގެއެވެ. އެއީ އަލިފާން ފުރަތަމަ ހިފި ތަނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!