މަރުމޯލެއް ފަދަ ބަގުރޫޓް ފައްޔާޒު މުޅި އެމްޑީޕީ ހަފުސްކޮށް، ބަގުރޫޓު ކޮށްފި!
ދެންމެ | 16 ސެޕްޓެމްބަރ 2024

އެމްޑީޕީ ސަލާމަތްކުރުމަށް އެދި އެމްޑީޕީ އުފެދުއްމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކު ކަމަށްވާ މުހައްމަދު ޝަފީގު ގޮވާލައިފިއެވެ.

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ މުހައްމަދު ޝަފީގު އެކްސްގައި ޝާއިއުކޮށްފައިވާ ޕޯސްޓެއްގައި ވަނީ ފައްޔާޒް އިސްމާއިލް ޕާޓީގެ ގަވާއިދާއި ޚިލާފަށް ޕާޓީގެ ލާރީން މުއާމަލާތްކުރާ ކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފައެވެ. ފައްޔާޒު ގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދަށް ޕާޓީގެ ލާރިން މަހެއްގެ މައްޗަށް 50،000 ދޭ ކަމަށް ޝަފީގު ވަނީ ބުނެފައެވެ. އަދި މިކަމާއި އެމްޑީޕީގެ މާލީ ކަންތައް ބަލަހައްޓާ އެންމެ އިސްފަރާތްކަމަށްވާ ޗެއާޕާސަންގެ ނައިބު ދެކޮޅު ހެދުމުން ފައްޔާޒު އާއި އޭނާގެ ކެމްޕެއިން މެނޭޖަރު އަމިއްލަފުޅަށް ސޮއި ކުރައްވައިގެން ފައިސާ ނެގި ކަމަށް ވެސް ޝަފީގު ވަނީ ބުނެފައެވެ،

މީގެ އިތުރަށް ޝަފީގު ވިދާޅުވީ ފައްޔާޒު އަކީ ޕާޓީގެ ކަންކަމުގައި ޙުދުމުޙުތާރު ގޮތްތައް އިސްކުރައްވާ ރުންކުރު އަދި ރުޅިގަދަ ބޭފުޅެއް ކަމަށް ސިފަ ކުރައްވާފައެވެ. ފައްޔާޒު ޕާޓީގެ އިސް މެންބަރަކާއި ދިމާލަށް “ ޕާޓީގެ އެއްވެސް ކަމަކާއި ގުޅިގެން ކަލެއާ ކުރާނެ މަޝްވަރާއެއް ނޯންނާނެކަމަށް“ ވިދާޅުވި ކަމަށް ވެސް ޝަފީގުވަނީ ވިދާޅުވެފައެވެ.

ޝަފީގު ވިދާޅުވީ އެމްޑީޕީގެ މާޒީވެ ދިޔަ އެއްވެސް ޒަމާނެއްގައި ޗެއާ ޕާސަންގެ ކެމްޕެއިން މެނޭޖަރަކަަށް މުސާރަދީފައިނުވާނެކަމަށާއި އަދި މިއީ މުސާރަ ލިބޭ މަގާމެއް ނޫންކަމަށް ވެސް ޝަފީގު ވިދާޅުވިއެވެ. އަދި މިކަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ވެސް އެނގިލައްވާނެ ކަމަށާއި މިއީ އަބަދުވެސް ކަނޑައެޅިފައި އޮންނަ އުސޫލު ކަމަށް ވެސް ޝަފީގު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރަށް އެމްޑީޕީއަކީ ދައުލަތުގެ ބަޖެޓުން ފައިސާދީގެން ރާއްޖޭގެ ގާނޫނު އަސާސީއާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގަން ޖެހޭ ދައުލަތުގެ މުއައްސަސާއެއް ކަމަށާއި އެއީ އެއްވެސް މީހެއްގެ އަމިއްލަ ކުންފުންޏެއްކަމަށް ދެކިގެން ނުވާނެ ކަމަށް ވެސް ޝަފީގު ވަނީ ވިދާޅުވެެފައެވެ. މީގެ އިތުރަށް ޝަފީގު ވިދާޅުވީ ފައްޔާޒު ވަރަށް ބޮޑަށް ކަންކަމުގައި އަމިއްލަ ޒާތް އިސްކުރައްވާ ކަމަށާއި ފައްޔާޒް ބޭނުންފުޅުވާ ގޮތް ނޫންގޮތަކަށް ޕާޓީ ނުހިންގޭނެކަމަށް ކަމަށް ފައްޔާޒު ވިދާޅުވި ކަމަށް ބުނެ ވަރަށް ބޮޑު ނުރުހުން ފާޅުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!