އަދުރޭ 9 މިލިޔަނަށް ލަގްޒަރީ ދެ ފްލެޓް ގަތް ގޮތެއް ހޯދަން މަލީހު އަރުވާޖަހާފައި ނިކުމެއްޖެ
ދެންމެ | 17 ސެޕްޓެމްބަރ 2024

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ރެހެންދި އިމާރާތުން ދެ ފްލެޓް ގަތީ ކިހިނެއް ހޯދި ފައިސާއަކުންތޯ ބަލަންޖެހޭ ކަމަށް މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ރެހެންދި-6 އިން އަބްދުއްރަހީމް އާއި އޭނާގެ އަނބިކަނބަލުން ބައްލަވައިގަތް ދެ ފްލެޓް ރަޖިސްޓްރީކުރަން ފޮނުވާފައިވާ ދެ ސިޓީ ހިމަނުއްވާ މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް ކަމުން އަބްދުއްރަހީމް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި، މަޖިލިހުގެ ކަމާ ބެހޭ ކޮމިޓީ އިން މިމައްސަލަ ބަލާ އޭނާ އާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

މަލީހް އިތުރަށް ވިދާޅުވީ، އަބްދުއްރަހީމް ކުރިން ވިދާޅުވަމުން އައީ އޭނާ އަތުގައި ކަރަންޓު ބިލް ދެއްކާހާ ފައިސާވެސް ނެތް ކަމަށާއި އޭނާ ކުރަމުން އައީވެސް އަޅު މަސައްކަތް ކަމަށެވެ.

މީގެ އިތުރުން، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްވަމުން ގާނޫނީ ވަކީލް އާސިފް ވިދާޅުވީ އަބްދުއްރަހީމަކީ ވެސް އަދި އެބޭފުޅާގެ އާއިލާއަކީ ވެސް ތަނަވެސް އާއިލާއެއް ނޫންކަމަށެވެ. އަދި މަޖިލީހުގަ އަދި ދުވަސްކޮޅަކު އުޅުއްވިއޭ ކިޔާފަ އެއްފަހަރާ ލާރި ދީފައި ރެހެންދި އިމާރާތުން 2 ފްލެޓް ބައްލަވައިގަންނަން ލިބެނީ ކިހިނެއް ކަމާ މެދު ސުވާލު އުދެފޭ ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައިވާ އިރު، ރެހެންދި އިމާރާތުން އަބްދުއްރަހީމް ބައްލަވައިގަނެފައިވާ 2 ފްލެޓުގެ އަގަކީ ގާތް ގަނޑަކަށް 9 މިލިއަން ރުފިޔާ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!