ސްޕާތަކުން ގައި މޮޑޭ 7 އަންހެނުން އަތުލައިގެންފި
ދެންމެ | 19 ސެޕްޓެމްބަރ 2024

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ ރެއިޑްތަކުގައި ސްޕާތަކަށް ވަދެ ބަޔަކު ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ހާއްސަކޮށް، އެ ތަންތަނުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަން ޤާނޫނާއި އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބެލުމަށް އިއްޔެ ހާއްސަ އިންސްޕެކްޝަނެއް ހިންގާފައިވާކަމަށެވެ.

މި ރެއިޑްގައި ޖުމްލަ 22 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ 07 އަންހެނަކު ހައްޔަރުކޮށްފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

މީގެެއިތުރުން އެތަންތަނުން ބިދޭސީންނަށް ވަޒީފާދިން ފަރާތްތަކުގެ ތެރެއިން 07 ފަރާތަކަށް ވަނީ ނޯޓިސްދީފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!