ގާސިމަކީ ރައްޔިތުންގެ ހިތުގެ ޑޮކްޓަރެއް: ނިހާން
ދެންމެ | 19 އޯގަސްޓް 2023

ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްއަކީ ރައްޔިތުންގެ ހިތުގެ ވިންދު އެނގިލައްވާ ޑޮކްޓަރެއްފަދަ ބޭފުޅެއް ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ރޭ ޖޭޕީއިން ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ގާސިމްއަކީ ކޮންމެ ރަށެއްގެ ރައްޔިތަކާވެސް ގުޅުން އޮންނަ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަށް ރައްޔިތުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ގާސިމަކީ ގައުމީ ކެނޑިޑޭޓް ކަމަށް ޖޭޕީއިން ބުނަމުންދާތީ އެކަމުގެ ފާޑުކިއުން އަމާޒުވެފައިވާކަން ފާހަގަކުރައްވަމުން ނިހާން ވިދާޅުވީ އެ ނަން ގާސިމަށް ދެވުނީ ޖޭޕީއަކީ ފެއްސާ ރަތާއި އަދި ހުދު ކުލަ ހިމެނޭ ހަމައެކަނި ޕާޓީ ކަމަށް ވުމުން ކަމަށެވެ.

ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ޖޭޕީގެ އިސް ބޭފުޅުން – ފޮޓޯ: ކެމްޕެއިން ޓީމް

ނިހާން ވިދާޅުވީ ޖޭޕީއަކީ ގައުމަށް ތަރައްގީ ގެނައުމުގައި ފާއިތުވި 15 ވަރަކަށް އަހަރު ވަރަށް ބުރަ މަސައްކަތް ކޮށްފައިވާ ޕާޓީއެއްކަމަށެވެ. އަދި ގާނޫނުއަސާސީ އެކުލަވާލުމަށްޓަކައި ގާސިމް އިބްރާހީމް ކުރެއްވި ބުރަ މަސައްކަތްތައް ކޮށް އެކަމުގެ ފޮނި ނަތީޖާ މިއަދު ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.

”ސިޔާސީ ޕާޓީތަކާއިއެކު ލިބިދިޔަ އަސާސީ ހައްގުތަކާއި މިނިވަންކަން ގެނެސްދިނުމުގައި އެންމެ ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައިވަނީ ގާސިމް. ތިން ބާރު ވަކިވެފައިވާ ގައުމެއް މި ގައުމަކީ. ނަމަވެސް ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުވާ ވަރަށް ގިނަ ކަންތައްތަކެއް ނުލިބުމުގެ ސަބަބުން ރައްޔިތުން ހަވާސާވެގެންދޭ. ރައްޔިތުން އެދޭ ކަމެއްގައި ގާސިމް ބޮލާލާ ނުޖައްސަވާނެ.“ ނިހާން ވިދާޅުވިއެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން ވުޖޫދުވެގެން ދިޔައީ ގާސިމް ތާއިދުކުރައްވައިގެން ކަމަށާއި ނަމަވެސް ތިން އަހަރު ނުވަނީސް އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވިކަން ނިހާން ފާހަގަ ކުރެއްވިއެވެ. އެއަށް ފަހު ގައުމުގެ މިސްރާބު ގެއްލިގެން ދިޔަ ދަނޑުވަޅު އެކަން އިޔާދަކޮށްދެއްވާ ގައުމުގެ ސިޔާދަތާއި އިސްތިގުލާލާއި ނަގާ ދެމެހެއްޓެވެމީ ރައީސް ޑރ.ވަހީދު ކަމަށް ނިހާން ވިދާޅުވިއެވެ.

”މި ގައުމަށް ގެނެވޭ ތަރައްގީއާއި ލަފާދާރުކަންތައްތަކާއި ގައުމު އަރައިގެންދާ އުސްމިންތަކުގެ ހަމަ ޒިންމާތަކެއް ނުވަތަ އޭގެން ލިބެން އޮތް ތަހްސީސްތަކެއް ގާސިމަށް އޮންނާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫން އެއީ އެމަނިކުފާނު ވަރަށް ބުރަ މަސައްކަތް ކޮށްގެން އާދޭސްކޮށްގެން އެ ކެނޑިޑޭޓެއް ގެންނަނީ. ގެނައި ދެން ދުވަސްކޮޅަކުން ހިތްހަމަނުޖެހުންތަކާއި އެމަނިކުފާނާއި، އެމަނިކުފާނުގެ މުދަލާއި ވިޔަފާޜިތަކާއި އަމިއްލަ ޖާނަށް ގެއްލުންތައްވޭ.“ ނިހާން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!