ފިރިމީހާގާތުން ވަރިވުމަށް 80 މައްސަލަ އާއި، އަނބިމީހާ ވަރިކުރުމަށާއި ވަރިސާބިތުކުރުމަށް 107 މައްސަލަ އޯގަސްޓް މަހު ހުށަހަޅާފައިވާކަމަށް ފެމިލީކޯޓުން މިއަދު އާއްމުކުރި ވަރިއާގުޅޭ އޯގަސްޓް މަހުގެ ތަފާސް ހިސާބުތަކުގައި ބަޔާންކޮސްފައިވެއެވެ.
އެ ކޯޓުން އާއްމުކުރި އޯގަސްޓް މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އޮގަސްޓް މަހު 186 ކައިވެނި ކޮށްދިނުމަށް ހުށަހަޅާފައިވާއިރު 188 ވަރިކޮށްސާބިތުކޮށްދީފައިވެއެވެ.
ވަރީގެ މައްސަލަތައް ހުށަހަޅާފައިވާ ގޮތައް ބަލާއިރު އަނބިމީހާ ވަރިކުރުމަށް 45 މައްސަލަ އޯގަސްޓް މަހު ހުށަހަޅާފައިވާއިރު، ފިރިމީހާ ގާތުން ވަރިވުމަށް އެދި 80 މައްސަލަ އޯގަސްޓް މަހު ހުށަހަޅާފައިވެއެވެ. އަދި ވަރިސާބިތުކޮށްދިނުމަށްއެދި 62 މައްސަލައެއް އޯގަސްޓްމަހު ފެމެލީ ކޯޓަށް ހުށަހަޅާފައިވެއެވެ.
މިއަދު ފެމިލީ ކޯޓުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާގޮތުން އޯގަސްޓް މަހާހަމައަށް އައިއިރު ކުރިން ހުށަހަޅާފައިވާ ވަރިއާ ގުޅޭ 166 މައްސަލަ އޮތްއިރު، މިދިޔަމަހު ވަރިއާގުޅޭ އިތުރު 148 މައްސަލަ އަލަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން އޯގަސްޓް ވަނީ 188 ވަރީގެ މައްސަލަ ނިންމާފައެވެ. އަދި އޯގަސްޓް މަސް ނިމުނުއިރު ވަރިއާގުޅޭ 126 މައްސަލައެއް ނުނިމި އޮތަކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުގައިވެއެވެ.