ވެމްކޯގެ ކަންތައްގަނޑު ހައްދުންމައްޗައް ގޮސްފި
ދެންމެ | 26 ސެޕްޓެމްބަރ 2024

ލ. އަތޮޅުގެ ގުޅިފައިވާ ދެ ރަށް ގަން އަދި ފޮނަދޫގައި ވެމްކޯގެ ޚިދުމަތް އަންނަ މަހުގެ ކުރީކޮޅު ފަށަން ތައްޔާރުވެފައިވާ ކަމަށް ވެމްކޯއިން ބުނެފި އެވެ.

ދައުލަތުގެ މީޑިއާއައް މަޢުލޫމާތުދެއްވަމުން ވެމްކޯއިން ބުނީ، އެކޯރޕަރޭޝަންގެ ޓީމްތައް މިހާރު އެ ރަށްރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ވެމްކޯއިން ބުނީ، ފޮނަދޫގެ 950 ގޭބިސީ އަދި ގަމުގެ 750 ގޭބިސީއަކަށް ކުނި ނެގުމުގެ ޚިދުމަތް ދޭނެ ކަމަށާއި، މިވަގުތުވެސް ގެތަށް ރެޖިސްޓްރީކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ.

މި މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނަގާ އެމީހުންނަށް ތަމްރީންތައް ދިނުމުގެ މަސައްކަތް ވެމްކޯގެ ޓީމްތަކުން ގަމާ ފޮނަދޫގައި ވަނީ ފަށާފަ އެވެ. އަދި ވެމްކޯގެ އިދާރީ މަސައްކަތްތަކަށް ބޭނުންވާ އޮފީސް ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުން ކަމަށް ވެމްކޯ އިން ބުނެ އެވެ.

މީގެއިތުރުން، ކުނި ނެގުމުގެ މަސައްކަތަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި މެޝިނަރީ އެ ރަށަށް ގެންދިއުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށް ވެމްކޯއިން ވަނީ ވިދާޅުވެފަ އެވެ. މި ދެ ރަށުގައިވެސް ޚިދުމަތް ދޭނީ ވަކިން ކުނި މެނޭޖުކުރާ ގޮތަށެވެ.

ވެމްކޯގެ ޚިދުމަތް އެ އަތޮޅަށް ތަޢާރަފުކޮށް ޚިދުމަތަށް ހޭލުންތެރިކުރުމުގެގޮތުން ޚާއްސަ އާއިލީ ހަވީރެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަރަކާތްތައް ފޮނަދޫގައި މިމަހުގެ 27 ވަނަ ދުވަހު އަދި ގަމުގައި 29 ވަނަ ދުވަހު އޮންނާނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!