ސަމާލުވޭ! އޭއައި އެޕްލިކޭޝަނުން ފޭކް ސިލްޕާއި ފޯޖް ޑޮކްމެންޓް އުފައްދަނީ: ފުލުހުން
ދެންމެ | 29 ސެޕްޓެމްބަރ 2024

ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ސައްހަނޫން ބޭންކު ޓްރާންސްފަރ ސްލިޕް އުފައްދަމުންދާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންނަށް އިލްތިމާސްކޮށްފި އެވެ.

ޕޮލިސް މީޑިއާއިން ބުނެފައިވާ ގޮތުގައި، ސައްހަނޫން ބޭންކު ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުންނަށް ވަނީ ފާހަގަކުރެވިފަ އެވެ. ފުލުހުންގެ ތަޙުޤީޤުތަކުން ހާމަވެފައިވާ ގޮތުގައި، މިފަދަ އޮޅުވާލުންތަކުގައި ބައިވެރިވާ ފަރާތްތަކުން ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ސައްހަނޫން ޓްރާންސްފަރ ސްލިޕްތައް އުފައްދަ އެވެ.

“ޚާއްސަކޮށް ރެސްޓޯރަންޓުތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އަގު ދެއްކުމުގެ ގޮތުން މިފަދަ ސްލިޕްތައް ފޮނުވާކަން ވަނީ ފާހަގަކުރެވިފައި,” ޕޮލިސް މީޑިއާގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައިގެ ސަބަބުން ލިބިދާނެ ގެއްލުންއްލުންތަކުން ސަލާމަތްވުމަށްޓަކައި، އެކައުންޓަށް ފައިސާ ޖަމާވިކަން ޔަޤީންކުރުމަށްފަހު ނޫނީ އެއްވެސް ފައިސާގެ މުޢާމަލާތެއް ނުހިންގުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ ޢަމަލެއްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށާއި، އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުޢާމަލާތްތަކުގައިވެސް އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރު ތަޙުޤީޤުތައް ކުރިއަށްދާކަމަށް ފުލުހުން ބުނެފައިވާއިރު، މިފަދަ ޢަމަލުތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެކަން ވެސް އަންގާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!