އިޒްރޭލުން ހަމަލާދީފިނަމަ، 2000 މިސައިލުން ހަމަލާދީ ފުޑުފުޑު އަރުވާލާނެ ކަމަށް އީރާނުން ބުނެފި
ދެންމެ | 07 އޮކްޓޯބަރ 2024

އީރާނުން ޔަހޫދީ އިޒްރޭލަށް 2000 މިސައިލް ފޮނުވާލުމަށް ތައްޔާރަށް ތިބި ކަން އީރާނުގެ އައި. އާރު. ޖީ .ސީގެ އިސް ކޮމާންޑަރަކު ވިދާޅުވުމުން ޔަހޫދީންނާއި އެމީހުންގެ ވާގިވެރިން ބިރުން ސިހި އީރާނަށް ދޭން އުޅުނު ހަމަލާ ލަސްކޮށްފިކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.

އީރާނުން ދޭނެ ހަމަލާ ހަމަ ޔަގީނުންވެސް ވަރުގަދަވެފައި އެމެރިކާއަށް ވެސް އަދި އިޒްރޭލަޒްވެސް ކެތް ނުކުރެވޭނެ ކަން ޔަގީންވުމުން އެމެރިކާގެ ބަހަށް އިޒްރޭލުން އެކަން ހުއްޓީކަމުގައި ބުނެއެވެ.

އީރާނުން ބުނެފައިވަނީ އިޒްރޭލުން އީރާނަށް އެހަމަލާ ދޭނެ އިރަކަށް މިތިބީ ކެތްމަދުވެފައި ކަމުގައެވެ. ކޮންމެ އިރަކުން އީރާނަށް ހަމަލާ ދިން ނަމަވެސް އެ ހުރިހާ މިސައިލްތަކެއް އިޒްރޭލަށް އަރާނެކަން އެއީ ކަށަވަރުކަމެކެވެ.

އީރާނުން ވަނީ އިޒްރޭލަށް ހަމަލާ ދޭނެ ވަރަށް ބައިވަރު ތަންތަން ފާހަގަކޮށް މީޑިއާ ތަކާ ހިއްސާ ކޮށްފައެވެ. 15 އަށްވުރެ ގިނަ ތަންތަނަށް މިސައިލްތަށް އަމާޒްކުރާނެ ކަމަށް އެ ޕުލޭނުގައި ވެއެވެ. އަނެއްކޮޅުން ރަޝިޔާގެ އެންމެ ވަރުގަދަ އެއް އެއަރ ޑިފެންސް ސިސްޓަމް ކަމަށްވާ S-400 އަށް އެމެރިކާގެ ޒަމާނީ ފައިޓާ ޖެޓްތަށް އަމާޒްވެ ދުނިޔޭގެ ކުރިމަތީގައި އެމެރިކާގެ އަގުވެއްޓިދާނެކަމަށް ބަލާފަކަމަށްވެސް ވެދާނެކަމަށް ބުނެ މި ރައްދު ހަމަލާ ލަސްކުރީ ކަމުގައި ގިނަ އެނަލިސްޓުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!