އިރާނުން ނިއުކްލިއާ ބޮމެއް ޓެސްޓުކޮށްފި
ދެންމެ | 09 އޮކްޓޯބަރ 2024

އިރާނުން ނިއުކްލިއާ ބޮމެއް ޓެސްޓުކުރިކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

އެ އަޑުތައް ފެތުރުނީ އިރާނުގެ ސެމްނާން ޕްރޮވިންސްގަައި މިދިޔަ ހޮނިހިރު ދުވަހު 4.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައި ފަހުން ނެވެ.

ނަމަވެސް އެކި މީޑީއީތަކުން ތަޖުރިބާކާރުންނާ ހަވާލާދީ ބުނީ އެއީ ހަގީގީ ބިންހެލުމެއް ކަމަށް ނުބެލޭ ކަމަށާއި އަދި މިއީ ނިއުކްލިއާ ބޮމެއް ބިމު އަޑީގައި ޓެސްޓްކުރުމުގެ ސަބަބުން ވީ ކަމެއް ކަމަށެވެ.

އިރާނުން ނިއުކުލިއާ ހަތިޔާރު ޓެސްޓުކުރިކަމަށް ބުނާ މި ދަނޑިވަޅަކީ އިސްރާއިލާއެކު ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެކެވެ.

މީގެ ކުރިން އިރާނުން ވަނީ ނިއުކުލިއާ ހަތިޔާރު އުފައްދަން އުޅޭ ކަމަށް ކުރެވޭ ތުހުމަތުތަކެއް ދޮގުކޮށްފަ އެވެ. އެހެން ނަމަވެސް މިދިޔަ މެއި މަހު އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޚާމަނާއީ ވިދާޅުވީ އިރާނު ދެމިއޮތުމަށް ނުރައްކާވާ ދަނޑިވަޅެއް ކުރިމަތިވެއްޖެނަމަ، ނިއުކްލިއާ ހަތިޔާރާ ގުޅޭގޮތުން ކުރިން ގެންގުޅެމުން އައި ވިސްނުން ބަދަލުކުރަން ޖެހިދާނެ ކަމަށެވެ.

އިރާނުން ނިއުކުލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރާ ކަމަށް ބުނެ ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮންނަތާ ވެސް އެތައް އަހަރެއް ވެއްޖެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!