ހުޅުމާލޭ ތަރައްޤީ މަސައްކަތްތައް ދަނީ ހުއްޓުމެއްނެތި ކުރިއަށް: ފަޒުލް
ދެންމެ | 10 އޮކްޓޯބަރ 2024

ހުޅުމާލޭ ތަރައްގީކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ބެލެނިވެރި ކުންފުނި އެޗްޑީސީގެ އެމްޑީ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފަޒުލް ވިދާޅުވީ، ހުޅުމާލޭ ތަރައްގީކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާކަމަށާއި، ކުރަން ހުރި މަސައްކަތް އަދި ހުންނާނެކަން ގަބޫލުކުރަންޖެހޭނެކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

“އެޗްޑީސީގެ މުވައްޒަފުން ވަރުބަލިކަމެއް ނެތި ކުރަމުން އަންނަ މަސައްކަތަށް އަޅުގަނޑު ފަޚުރުވެރިވޭ، ޝުކުރު ދަންނަވަން“ ފަޒުލް ވިދާޅުވެފަވެއެވެ.

ފަޒުލްގެ އިތުރު ޕޯސްޓެއްގައި ހުޅުމާލެ ފޭސް ދެއެއްގައި ހުންނަ ވިނަރެސް ފްލެޓްތައް ކައިރި މަގުބައްތިތަކަށް ދިއްލުމަށް ބޭނުންވާ ކަރަންޓް ވިއުގަ މިއަހަރުގެ އޯގަސްޓްގެ ނިޔަލަށް ނިމިފައި ވިޔަސް، އެތާ މަގުބައްތިތައް ދިއްލުމަށް އަޅާފައިވާ ކޭބަލްތައް ގެއްލިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެ މަގުބައްތިތައް ބައްތިތައް ދިއްލުމަށް ބޭނުންވާ ކޭބަލްތައް ހޯދުމަށް އޯޑަރު ކުރެވިފައިވާކަމަށް ވެސް ވަނީ ވިދާޅުފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!