އިންޑިޔާ އާއި ރައީސް ޑރ. މުއިއްޒާއި ގުޅުން ބަދަހިވުމުން އިބޫ އަކަށް ހަޖަމުނުވެ، އެއްޗެހި ގޮވައިފި
ދެންމެ | 12 އޮކްޓޯބަރ 2024

އިންޑިއާއާއެކު މިދިޔަ އެމްޑީޕީ ސަރުކާރުން އޮތް ގުޅުން ނުރައްކަލެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކައިގެން ވެރިކަމަށް އައި ޕީއެންސީ ސަރުކާރުން މިއަދު އިންޑިއާއާއެކު ގާތްގުޅުމެއް އުފައްދައި، ދެކޮޅު ހެދި ހުރިހާ އެއްބަސްވުމެއް ކުރިއަށްގެންދަން ނިންމުމުން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިންޑިއާގެ ރައީސް ދްރޫޕަތީ މުރްމޫގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވާފައެވެ. އެ ދަތުރުފުޅުގައި މި ސަރުކާރުން ރިޔާސީ އިންތިޚާބުތެރޭ ދެކޮޅު ހެދި ބައެއް އެއްބަސްވުންތައް ވަނީ އިންޑިއާގެ އެހީގައި ކުރިއަށް ގެންދަން ނިންމާފައެވެ.

 

އޭގެ ތެރޭގައި:

 

އިންޑިއާގެ އެހީގައި އުތުރުތިލަފަޅުގައި ތަރައްގީކުރަމުން އަންނަ ސިފައިންގެ ބަނދަރާއި ޑޮކްޔާޑުގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިންމަން އެއްބަސްވުން.

ހަނިމާދޫ އެއާޕޯޓުގެ ރަންވޭ އިފްތިތާހުކުރުން.

އައްޑޫ ސިޓީގައި ހުޅުވަން މަޝްވަރާކުރަމުން އަންނަ އިންޑިއާގެ ކޮންސިއުލޭޓްގެ އެއްބަސްވުން.

މިއަދު ހދ. ކުޅުދުއްފުށީގައި އެމްޑީޕީން ކުރިއަށްގެންދާ ”ލާމަރުކަޒީ ގުޅުން“ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޞާލިޙު ވަނީ އެކަމާ ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!