ޒަރާގެ ޙަޤީޤީ ލޯބިވެރިޔާ ކަމަށް ބުނާ މީހެއްގެ ފޮޓޯ އާންމުކޮށްފި
ދެންމެ | 13 އޮކްޓޯބަރ 2024

ދިވެހި މަހުޖަނު އަޙްމަދު ސިޔާމް ކާވެނިބައްލަވައިގެން ބ. ކަމަދޫ ނަށާ ޒާރާގެ ޙަޤީޤީ ލޯބިވެރިޔާ ކަމަށް ބުނާ ޒުވާން ފިރިހެން ކުއްޖެއްގެ ފޮޓޯ ފިކުރު ފޭސްބުކް ޕޭޖުން އާންމުކޮށްފި އެވެ.

އެ ފިރިހެން ކުއްޖާގެ ވަނަވަރު ހާމަކޮށްފައި ނެތް ނަމަވެސް ޒާރާ ސިޔާމްބެއަށް އޮޅުވާލާފައި ވާކަމަށް ޖުހާގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން އޭނާ ދުވަހަކު ވެސް މީހަކާ ރައްޓެހި ނުވާކަމަށާއި، ސިޔާމްބެ އަކީ ފުރަމަ ލޯބިވެރިޔާކަމަށް ބުނެފައި ވާކަމަށް ވެސް ކެޕްޝަން ކޮށްފައި ވެއެވެ.

އަހަރުގެ އެންމެ ބޮޑު އަދި އެންމެ މަޤުބޫލް ކާވެނިކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ އެ ދެމީހުންގެ ކާވެނީގެ ޙަފުލާތައް އަދިވެސް ދަނީ ކުރިއަށެވެ. ސިޔާމްގެ ރިސޯޓްގައި ކާވެނިކުރެއްވުމަށް ފަހު، ކަމަދޫގައި ވެސް ވަރަށް ކުލަގަދަ ޙަރަކާތްތަކެއް ވަނީ ބާއްވާފައެވެ. އަދި އެޙަރަކާތްތަކުގެ ތެރޭގައި ޒާރާގެ ހިތުގައި އޮތް ލޯބި ރަމްޒުކޮށްދޭ ނެށުންތަކާއި، ޑްރާމާތަކާއި، ފޮޓޯ ޝޫޓްތަކާއި، ހިނގާލުންތަކުގެ އިތުރުން ސިޔާމްގެ އަސްތައް ދުއްވުން ވެސް ބޭއްވިފައި ވެއެވެ.

ފިކުރުން ޒާރާގެ ޙަޤީޤީ ލޯބިވެރިޔާގެ ފޮޓޯ އާންމުކުރުމާއެކު އެއީ ކާކުތޯ ބެލުމަށާއި، އެމީހަކު ހޯދުމަށް މީހުން ވަރަށް ބޮޑަށް ބޭނުންވެއެވެ. އެހެނީ ޒާރާ އެވަރުގެ ޤުރުބާނީއެއް ވާންޖެހުނު ސަބަބުތައް ހޯދުމަށާއި، ފިރިހެން ކުއްޖާއަށް ބޭވަފާތެރި ވީތޯ ނުވަތަ ރުހުމުގައި ދެމީހުން ވަކިވީތޯ ބެލުމަށްޓަކައެވެ. އެ ކާވެނީގެ ފަހަތުގައި ފޮރުވިފައި ކަންތައްތަކެއް ވާކަމަށް އަބަދުވެސް ތުންތުންމަތިން ކިޔާއުޅެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!