އުމުރުން 39 އަހަރުގެ މީހަކު 70 ވަނަ ފަހަރަށް ހައްޔަރު ކޮށްފި
ދެންމެ | 19 އޮކްޓޯބަރ 2024

ހައްޔަރު ބަންދު 69 ރެކޯޑް އޮތް މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ކުރިން 69 ފަހަރު ބަންދުކޮށްފައިވަނިކޮށް، އަނެއްކާވެސް ބަންދު ކުރީ، ޏ. ފުވައްމުލަކު ދޫޑިގަމް، ކަނޑުބަލާގޭ އަބްދުﷲ ނާޝިދު އެވެ.

އުމުރުން 39 އަހަރުގެ ނާޝިދު މި ފަހަރު ހައްޔަރު ކުރީ ވައްކަމުގެ ތުހުމަތުގަ އެވެ. ނާޝިދުގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ، އެހެން މީހަކާ ބައިވެރިވެގެން ވައްކަން ކޮށްފައިވެ އެވެ.

ނާޝިދު ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަހު އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!