ބެންކޮކުން ގެނައި ޑްރަގާއެކު ހައްޔަރުކުރި ދިވެހި މީހާ 15 ދުވަހަށް ބަންދުކޮށްފި
ދެންމެ | 21 އޮކްޓޯބަރ 2024

ބެންކޮކުން ގެނައި ޑްރަގާއެކު ހައްޔަރުކުރި ދިވެހި މީހާ 15 ދުވަހަށް ބަންދުކޮށްފިއެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކުން ވައިގެ މަގުން ރާއްޖެ އައި 33 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން ގާތްގަނޑަކަށް ދެ ކިލޯއެއްހާ ޑްރަގު ފެނިގެން ހައްޔަރުކޮށްފި އެވެ. މި މީހާ ގެނައި މަސްތުވާތަކެތީގެ މަގުމަތީ އަގު 3.3 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި މި މީހާގެ ލަގެޖުން ފެނުނީ 1.86 ކިލޯގެ މެފެޑްރޯނެވެ. އޭނާގެ ލަގެޖް އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި މި މަސްތުވާތަކެތި ފެނުނީ އެ ތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެންނެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. ދަނބިދޫ/ އެނބޫމާގެ/ ޔޫސުފް ޝާހީން އެވެ. އޭނާ 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މިފަދަ މައްސަލަތަކުގައި ގާނޫނީ ގޮތުން އެންމެ ހަރުކަށި އަދަބު ދިނުމަށް މަސައްކަތްކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!